ޤާޞިމާއި މައުމޫނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ އިސްލާޙަށް ޖޭޕީން ދެކޮޅު ހަދައިފި

ޤާޞިމާއި މައުމޫނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ އިސްލާޙަށް ޖޭޕީން ދެކޮޅު ހަދައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތި ނުލެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާޙަށް ޖޭޕީން ދެކޮޅު ހަދައިފިއެވެ.

އުމުރުން 65 އަހަރުން މަތީގެ އެއްވެސް މީހަކަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ޕީޕީއެމުން ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައި ވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާގުން ކަމަށް ޖޭޕީން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން ޕީޕީއެމުން ގާނޫނު އަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ މި އިސްލާހު ފެއިލް ކޮށްލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވެސް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނިންމާފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ މިއީ ޤާނޫނު އަސާސީއާއި ވެސް ޚިލާފު އިސްލާޙެއް ކަމަށާއި، މި އިސްލާހަށް ތާއީދު ނުކުރަން ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމީ ވެރިކަމަށް ކުރިމަތިލެއްވޭނެ ދޮށީ އުމުރެއް ދުނިޔޭގެ އެހެން ގައުމުތަކުގެ ޑިމޮކްރަސީ ތަކުގައިވެސް ކަނޑައަޅާފައި ނުވާތީ ކަމަށެވެ.

އުމުރުން 65 އަހަރުން މަތީގެ އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެއްވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އަށް ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއިލް އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުވެފައިވާ އަދި އުމުރުން 65 އަހަރު ފުރިފައި ނުވާ މީހަކަށް ކަމުގައި ކަނޑައެޅުމަށް އެގޮތަށް އެ މާއްދާ އިބާރާތް ކުރުމަށްފަހު އެވެ.

ގާނޫނު އަސާސީއަށް މި ހުށަހެޅުނު އިސްލާހު ފާސްވެއްޖެނަމަ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ އެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.