މުސްޙަފު ފަންޑަށް އެލައިޑުން 115000 ރުފިޔާ ހަދިޔާ ކޮށްފި

މުސްޙަފު ފަންޑަށް އެލައިޑުން 115000 ރުފިޔާ ހަދިޔާ ކޮށްފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ދިވެހިރާއްޖެއަށް ޚާއްސަކުރެވިގެން ޕްރިންޓް ކުރުމަށް ހަމަޖެހިފައިވާ މުސްހަފް ޗާޕްކުރުމުގެ މަޝްރޫއަށް އެލައިޑް އިންޝުއަރެންސް ކުންފުނިން 115000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

މިކަން ހާމަ ކުރައްވައި އިސްލާމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ އަށް ޚާއްޞަ މުސްހަފް ޗާޕްކުރުމުގެ މަޝްރޫއަށް އެލައިޑް އިންޝުއަރެންސް ކުންފުނިން 115000 ރުފިޔާ ހަދިޔާ ކޮށްފައި ވާކަމަށެވެ.

އެލައިޑުން މިހާ ދީލަތި އެހީތެރި ކަމެއް މުސްޙަފު ފަންޑަށް ފޯރު ކޮށްދީފައި ވާތީ އިސްލާމިކް މިނިސްޓަރު ވަނީ އެލައިޑަށް ޝުކުރު އަދާކުރައްވާ އިތުރު ޓްވީޓެއް ކުރައްވާފައެވެ.

ރާއްޖެއަށް ހާއްސަ މުސްހަފެއް ޗާޕް ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ބަހުރެއިންގެ ގުރުއާން ކެއާ ސޮސައިޓީއާއި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒާއި ދިއިސްލާމާއި މައިލް ޖަމިއްޔާގެ އިތުރުން މަހަލްދީބު ފައުންޑޭޝަނުން ގުޅިގެން ކުރިޔަށް ގެންދާ މަޝްރޫޢަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުން ދާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

Mushaf

ެމީގެ އިތުރުން މުސްޙަފް ފަންޑަށް ބޭންކް އެކައުންޓެއް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ އިންތިޒާމް މިހާރު ހަމު ހަމަޖައްސާފައިވާއިރު ދިރާގާއި އުރީދޫގެ ފޯނު ތަކުންވެސް ފަންޑަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

Mushaf Maaldheef

ރާއްޖެ އަށް ޚާއްޞަ ކޮށްގެން އަލަށް ޗާޕްކުރާ މުސްޙަފް މާލްދީފް ރަސްމީކޮށް ނެރެން ނިންމާފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު އަންނަ އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.