"ބޭނުންވަނީ އިސްލާމީ މަޝްރޫޢު ތައް އެކަނި ނޫން " ޔައުނީ ލާދީނީ މަޝްރޫޢު ތަކެއްވެސް ނޫން : ޝަހީމް

"ބޭނުންވަނީ އިސްލާމީ މަޝްރޫޢު ތައް އެކަނި ނޫން " ޔައުނީ ލާދީނީ މަޝްރޫޢު ތަކެއްވެސް ނޫން : ޝަހީމް
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

" ރާއްޖެ އަށް ބޭނުންވަނީ ހަމައެކަނި އިސްލާމީ މަޝްރޫޢު ތަކެއް ނޫން " ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އިއްޔެ ދެއްކެވި ވާހަކަފުޅު އެމަނިކުފާނު ޝަރަހަ ކޮށްދެއްވައިފި އެވެ.

މި ވާހަކަފުޅު ޝަރަހަ ކޮށްދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ، ރާއްޖެ އަށް ބޭނުންވަނީ ހަމައެކަނި އިސްލާމީ މަޝްރޫޢުތައް ނޫން ކަމަށް ވިދާޅުވީ އިޖުތިމާޢީ އަދި އިޤުތިސޯދީ ދާއިރާއިން ވެސް އިސްލާމީ ޤައުމު ތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ހުރިކަން ހާމަ ކޮށްދެއްވުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ހަމައެކަނި އިސްލާމީ މަޝްރޫޢުތައް އެކަނި ނޫން ކަމަށް ވިދާޅުވީ އިސްލާމް ދީނާއި ދެކޮޅު ކަންކަން ރާއްޖެ އަށް ގެނައުމަށް ނޫން ކަމަށާއި، މިސްކިތް ތައް ޢިމާރާތް ކުރުމާއި، ކީރިތި ޤުރުއާނާއި ބެހޭ ތރަފާތު ޕްރޮގްރާމް ތައް ހިންގުން ފަދަނ ދީނީ ކަންކަމުގެ އިތުރުން ދިވެހިންނަށް ބޭނުންވާ އެއާޕޯޓް ތަކާއި ބަނދަރުތައް ޤާއިމު ކުރުން ފަދަ މަޝްރޫޢު ތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ތައްވެސް ޢަރަބި އިސްލާމީ ޤައުމު ތަކަށް އޮތްކަން ހާމަ ކޮށްދެއްވުމަށް ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކަފުޅު އެމަނިކުފާނު ޝަރަހަ ކޮށްދެއްވާފައި ވަނީ ވާހަކައިގެ އަސްލު އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން އެ ވާހަކަތައް ފަތުރަމުން ގެންދަނިކޮށެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ވެސް އިއްޔެ އެންމެ ހިނގާﷲައިވާ މައުޟޫއަކަށް މި މަޢުޟޫ ވަނީ ވެފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.