އެހީގެ ދާއިރާގައި ޙަރަކާތްތެރިވާ ސަޢޫދީ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ވަޑައިގެންނެވި ވަފްދުގައި ސައުދި އަރަބިއްޔާގެ ގިނަ ވުޒާރާތަކަކާއި ތަފާތު ފަންޑްތަކުގެ ވެރިން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި އިގްތިސޯދީ މުއައްސަސާތަކުގެ ވެރިންވެސް ހިމެނޭ ކަަމަށެވެ.
ސައުދި އަރަބިއްޔާއިން ވަޑައިގެންނެވި ވަފްދުގައި 16 ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައުދި އަރަބިއްޔާ އަކީ އަބަދުވެސް ތަފާތު ދާއިރާ ތަކުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...