އިންޑިޔާ ކަނޑުގެ އަމާން ކަމާއި ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދިނުމަށް ސިލްކުރޫޓަށް ނޫނެކޭ ބުނުމަށް ދިވެހިންނަށް އެމްޑީޕީގެ ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.
އިއްޔެ މުޅި ރާއްޖޭގައި ފާހަގަ ކުރި ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާލުވެފައި ވަނީ އިންޑިއާ ކަނޑުގެ އަމާންކަން ގެއްލިގެން ގޮސް ދިވެހިންގެ މިނިވަންކަން ބީވިޔަ ނުދިނުމަށް މި ޤައުމީ ދުވަހު ސިލްކް ރޫޓަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.
ސިލްކް ރޫޓަށް ނޫނެކޭ ބުނުމަށް ދިވެހިންނަށް ނަޝީދު ގޮވާލައްވާފައި ވާއިރު ސަރުކާރުން ވަނީ ސިލްކް ރޫޓުގައި ބައިވެރިވެ އެކަމުގެ އެއްބަސްވުމުގައި މިދިޔަ ހަފްތާގައި ސޮއިކޮށްފަ އެވެ.
މިމަޝްރޫއުގެ ދަށުން އިގްތިސޯދީ ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...