ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ، ބޭނަޒީރު ބުއްޓޫ އަވަހާރަކޮސްލުމުގައި، ބައިވެރިވިކަމަށް ތުހުމަތުކޮށް، ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފު ހައްޔަރުކުރުމަށް ޕާކިސްތާނުގެ ކޯޓަކުން އަމުރު ނެރެފިއެވެ. ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓުން މި އަމުރު ނެރުއްވަމުން ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފް.އައި.އޭ) ގައި ކޯޓުން އެދިފައިވަނީ، މިމަހުގެ ނަވާރަވަނަ ދުވަހުގެ ކުރިން ޕަރުވޭޒް މުޝައްރަފު ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.
އެފް.އައި.އޭން ހާމަކުރައްވާ ގޮތުގައި، ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން މުޝައްރަފު ވަނީ، ދެ މީހަކަށް ޕޮލިސް އޮފިސަރުންގެ މަޤާމު ދީފައެވެ. އަދި އެދެމީހުން ބޭނަޒީރު ބުއްޓޫއަށް ސެކިޔުރިޓީ ފޯރުކޮށްދިނުމުގައި ވަނީ އިހްމާލުވެފައިކަމަށް އެފް.އައި.އޭން ހާމަކުރަށްވައެވެ. މި ދެ ޕޮލިސް އޮފިސަރުން ހައްޔަރުކުރުމަށްވެސް މިދިޔަ އަހަރު ކޯޓަކުން ވަނީ އަމުރު ނެރެފައެވެ. އަދި ބޭނަޒީރުގެ ޕޯސްޓު މޯޓަމް ހެދުމާ ދެކޮޅަށްވެސް އެ ދެމީހުން މަސައްކަތް ކޮށްފައިވާކަމަށް އެފް.އައި.އޭން ހާމަކުރަށްވައެވެ.
ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލާފައިވަނީ، އިންތިހާބަށް ކެމްޕޭނުކުރަށްވަމުން ގެންދަވަނިކޮށް، ރާވަލް ޕިންދީގައި އޭނައަށް ދެވުނު ހަމަލާއެއްގައެވެ. ބައެއް ފަރާތްތަކުން ބުނަމުން ދާ ގޮތުން ބޭނަޒީރު ބުއްޓޫ އަވަހާރަވެފައިވަނީ، ޖެހިގެން އޮތް އިންތިހާބުގައި ސިމްޕަތީ ވޯޓު ހޯއްދެވުމުގެ ގޮތުންނެވެ. ނަމަވެސް އަލިފު ދާލުން ނެރުނު ރިޕޯޓެއްގައިވެސް، ބޭނަޒީރު ބުއްޓޫއަށް އެކަށީގެންވާ ވަރަށް މުޝައްރަފުގެ ސަރުކާރުން ސެކިޔުރިޓީ ދީފައި ނުވާކަމަށް ވަނީ ހާމަކޮށްފައެވެ.

















ރަނގަޅެއް ނޫންތަ؟؟؟ އަންހެނަކު ވެރިކަމަށް އައުމުން ސަލާމަތް ވީއެއްނު. (: