'މަހަލްދީބް ފީމާ ސޭވް ވިޝަން' ނަމުގައި ލޯ ކޭމްޕެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މަހަލްދީބް ފައުންޑޭޝަންއާއި ފީމާ ސޭވް ވިޝަންއާއި އައި އައި އާރް އޯ އަަދި ހެލްތް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ލޯ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ޖެނުއަރީ މަހުގެ 4 ން 8 ކަށް ހުޅުމާލެ ހޮސްޕިޓަލްގައެވެ.
ކޭމްޕްއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަހަލްދީބު ފައުންޑޭޝަންގެ ޕްރޮޖެކްޓް މެނެޖަރ ޝިޔާޒް ވިދާޅުވީ މިކޭމްޕްގައި ފަރުވާ ދެއްވާނީ ސަޢޫދީ ޢަރަބިއްޔާގެ 4 ޑޮކްޓަރުންނާއި ޕާކިސްތާނުގެ 4 ޑޮކްޓަރުން ކަމަށާއި ލޮލުގެ ބަލިތަކަށް ހިލޭ ފަރުވާ ކޮށްދޭ ގޮތަށްވަނީ ހަމަޖެހިފައި ކަމަށެވެ.
ޝިޔާޒް އިތުރަށް ވިދާޅުވީ ސިއްޙީ ސެންޓަރުތަކުންނާއި އަތޮޅު ހޮސްޕިޓަލުތަކުންނާއި ރީޖަނަލް ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އަދި ދަމަނަ ވެށިން މި ކޭމްޕުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި 3350037 ނަންބަރު ފޯނާއި ގުޅުމުންވެސް ރަޖިސްޓްރޭޝަން ކަންތައް ކުރެވޭނެ ކަމަށެވެ.
މިކޭމްޕާއި ގުޅޭ މައުލޫމާތު "މަހަލްދީބް ފީމާ ސޭވް ވިޝަން' ޕޭޖްއިންވެސް ލިބޭނެކަމަށް ޝިޔާޒް ވިދާޅުވިއެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...