ބާޢީ އަކު އަރައި ދުނިޔެއަށް އަމުރު ކުރުމަކީ ކޮންކަހަލަ ވިޔަފާރިއެއްބާ؟
މަތީގައި އެވާ ޖުމްލަ އަކީ އިސްލާމީ ދުނިޔއ އާއި އަމިއްލަ ޤައުމުގެ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ތުރުކީ ވިލާތުގެ ބޮޑުވަޒީރު ރަޖަބު ޠައްޔިބު ޢުރުދުޣާން އިހައްދުވަހަކު ވިދާޅުވި ބަސްފުޅެކެވެ.
އުރުދުޣާން މިފަދަ ވާހަކަފުޅެއް ވިދާޅުވާން ޖެހުނީ ކޮން ސަބަބަކާއި ހުރެތޯ އާއި މި ބަސްފުޅުގެ މުރާދަކީ ކޮބައިތޯ ބަލާލުމަކީ މުސްލިމެއްގެ ޙައިސިއްޔަތުން މި ލިޔުން ވިދާޅުވާ ބޭފުޅުންގެވެސް އެދުމަކަށް ނޫނީ ނުވާނެއެވެ.
މަތީގައި އެވާ ބަސްފުޅު އުރުދުޣާން ވިދާލުވީ ދުނިޔޭގެ އިސްލާމީ ޢިލްމުވެރިންގެ ޖަމިއްޔާގެ ރައީސް ޑރ ޔޫސުފް އަލް ޤަރްޟާވީ އަވަހާރަ ކޮށްލެއްވުމަށް ޔަހޫދީންނާއި ގުޅުންބޮޑު މިސްރު ސަރުކާރުން އެދިގެން އިންޓަރޕޯލުން ރަތް ނޯޓިސް ނެރުމުން އެކަމަށް ރައްދު ދެއްވުމަށެވެ.
އުރުދުޣާން ވިދާޅުވި ފަދައިން މިސްރުގެ ޔަހޫދީންނާއި ގުޅިފައިވާ ސަރުކާރު ހިންގުމުގެ އިސް ވެރިޔަކަށް ހުރި ޖެނެރަލް ސީސީ އަކީ މިސްރު ރައްޔިތުން އިންތިޚާބު ކުރި ރައްޔިތުންގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ވެރިކަމަށް އަރާހުރި މީހެކެވެ.
މިކަލޭގެ މިސްރުގެ ވެރިކަން ހިފުމަށްފަހު ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމަށް ޔަހޫދީންނާއި އެމެރިކާގެ އެދުމުގެ މަތިން ޑިމޮކްރަސީގެ ތާކިހާ އަޅަން ނެގި ވޯޓުގައި އެޅި ވަގު ވޯޓު ތަކާއި އެކުވެސް މިސްރުގެ ވޯޓުލާ އާބާދީގެ %50 ވެސް ވޯޓުލާފައި ނުވާއިރު މިއީ ދުނިޔެދުށް އެންމެ ޑިމޮކްރެޓިކް ރައީސް ކަމަށް ޔަހޫދީ އިޒްރޭލާއި އެމެރިކާއިން ޤަބޫލު ކުރެއެވެ.
އަދި ޔަހޫދީންގެ ބައިގަނޑުގެ ކޮންޓްރޯލުގެ ދަށުގައި އެނބުރޭ އިސްލާމީ ޤ=ައުމު ތަކުގެ ސަރުކާރު ތަކާއި ބައިނަލް އަޤްވާމީ ޖަމިއްޔާ ޖަމާޢަތް ތަކުންވެސް ދެކެނީ ހަމަ މި ގޮތަށެވެ.
އެހެން ކަމުން ޔަހޫދީންނާއި ގުޅުން ބޮޑަސް ބަޣާވާތަކުން ޤައުމުގެ ވެރިކަން ވައްޓާލުމަށް ފަހު ވެރިކަމަށް އަރާހުރި ސީސީ ކަހަލަ މުޖުރިމަކު މުޅި ދުނިޔެއަށް އަމުރުކޮށް އިންޓަރޕޯލް ފަދަ ބައިނަލް އަޤްވާމީ ކުއްވެރިން ހޯދާ ޖަމާޢަތަކަށް އަމުރު ކުރުމަކީ ހަމަ ޙަޤީޤަތުގައި ވެސް ކޮންކަހަލަ ވިޔަފާރި އެއްތޯ ސުވާލު ކުރާން ޖެހެއެވެ.
ދުނިޔޭގެ އެންމެ ވަރުދަދަ އެއް ޢިލްމުވެރިޔާ އަވަހާރަ ކޮށްލުމަށް ޔަހޫދީންނާއި ގުޅިގެން މިސްރާއި ހުޅަނގުން މަސައްކަތް ކުރާއިރު، ޤަރުޟާވީގެ ދިފާއުގައި މިހާތަނަށް ބަސްފުޅެއް ވިދާޅުވާން ކެރިވަޑައިގެންނެވި ހަމައެކަނި އިސްލާމީ ލީޑަރަކީ އުރުދުޣާން އެވެ.
ޝެއިޚް ޑރ ޤަރްޟާވީވެސް ވަނީ ތުރުކީގެ ރިޔާސީ ކެމްޕޭން ދުވަސްވަރު އުރުދުޣާން އަށް ތާއީރު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިސްލާމީ ފިކުރުގެ އުރުދުޣާން ވެރިކަމަށް ވަޑައިގަތަ ނުދިނުމަށް ޔަހޫދީންނާއި ކާފަރުން ގުޅިގެން ކުރަމުން ގެންދާ މަސައްކަތް ފޭލިކޮށްލުމަށް ތުރުކީގެ ރައްޔިތުންނަށް ޑރ ގަރުޟާވީ ވަނީ އެދުވަސްވަރު ގޮވާލައްވާފައެވެ.
ކުޅި ހިނގަނީ މި މަގުން ކަމަށް ވާނަމަ މާދަމާ ނައިޖީރިޔާގެ ބޯކޯ ޙަރާމުގެ ލީޑަރުގެ އެދިގެން އެމެރިކާގެ ރައީސް އޯބަތްމާ އާއި އިޒްރޭލުގެ ޔަހޫދީ ލީޑަރު ނަޓަންޔަހޫ ހައްޔަރު ކުރަން އަމުރު ނެރުން މަ މުހިންމު ނޫންތޯއެވެ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...