މާލެ އަށް ކުރިމަތި ވެފައިވާ ފެނުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ޖޭޕީން ގޮވާލައިފިއެވެ.
ޖުމްހޫރީ ޕާޓީން މިކަމަށް ގޮވާލާފައި ވަނީ އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގަ އެވެ.
ޖޭޕީގެ ބަޔާނުގައި ބުނީ ފެނުގެ މައްސަލަ ހައްްލުކޮށްދިނުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކަކުންވެސް އެހީތެރިވެ ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ޖޭޕީން ބުނީ މިވަގުތަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް އިސްކަންދީގެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
ޖުމްހޫޜީ ޕާޓީން ސަރުކާރަށް އެއްބާރުލުން ދިނުމަށް ގޮވާލާ ބަޔާނެއް މި ނެރުނީ އެ ޕާޓީގެ ލީޑަރާއި ވެރިކަން ޙަވާލު ކުރުމަށް އިދިކޮޅު އެމްޑީޕީން އިއްޔެ ޤަރާރެއްވެސް ފާސްކޮށްފައި ވަނިކޮށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...