ފެނުގެ ކާރިސާ އާއި ގުޅިގެން ސަޢުދީ މަހުޖަނަކު އެއްމިލިޔަން ޑޮލަރު ހަދިޔާ ކޮށްފިއެވެ.
މިކަން ހާމަ ކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ އަށް މިހާރު ކުރިމަތި ވެފައިވާ ފެނުގެ މައްސަލަ ޙައްލު ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މަހުޖަނަކު ނަން ހާމަ ނުކުރުމަށް އެދި އެއް މިލިޔަން ޑޮލަރު ހަދިޔާ ކުރައްވާފައި ވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެގެން ފެނުގެ މައްސަލަ ޙައްލު ކުރުމަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާ އާއި ޤަޠަރާއި ކުވޭތުގެ އިތުރުން ޢަރަބި އެހެން ޤައުމު ތަކުން ވެސް އެހީތެރިކަން ހޯއްދެވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ޤައުމު ތަކުގެ މާލީ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ އަށް ކުރިމަތިވި ފެނުގެ ކާރިސާ ޙައްލު ކުރުމަށް އެހީތެރިވުމުގެ ދާއިރާއިން އަވައްޓެރި އިންޑިޔާ އާއި ޗައިނާ އާއި ޝްރީލަންކާއިންވެސް ގެންދަނީ އެއްބަޔަކު އަނެއްބަޔަކާއި ވާދަކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...