އިޒްރޭލުގައި ދިރިއުޅޭ ޢަރަބިން އެ ޤައުމުން ބޭރުކުރަން ރިޝްވަތު ދިނުމަށް ތާއީދު ކުރާ ކަމަށް އެ ޤައުމުގެ ޚާރިޖީވަޒީރު ބުނެފިއެވެ.
ޔަހޫދީންގެ އެންމެ ވަރުގަދަ އެއް ލީޑަރު އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރު އެވިގްދޯރު ލީބަމަން ބުނީ އިޒްރޭލުގެ ޕާސްޕޯޓުގައި ދިރިއުޅެމުން ގެންދާ ޢަރަބިންނަށް ބޮޑެތި ޢަދަދު ތަކުން ރިޝްވަތު ދީގެން އެމީހުން އަމިއްލަ އަށް ފަލަސްޠީނުގެ ބިމުން ނެރުމަށް އޭނާ ތާއީދު ކުރާ ކަމަށެވެ.
އެވިގްދޯރު ނިސްބަތްވާ އިޒްރޭލުގެ ކަނާތު ފިޔައިގެ ޙައްދު ފަހަނަ އަޅާފައިވާ ހަރުކަށި ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޔިސްރެލު ބައިތަނޫ ޕާޓީން މިހާރު ވަނީ މިކަމަށް ޓަކާ މެނިފެސްޓޯ އެއްވެސް މިހާރު އެކުލަވާލާފައެވެ.
ޔަހޫދީންގެ މި ނުބައި ރޭވުން މިހާރު ވަނީ މެނިފެސްޓޯއެއްގެ ސިފައިގައި ޢާއްމު ވެސް ކޮށްފައެވެ.
އިޒްރޭލުގައި ދިރިއުޅޭ ޢަރަބިންނަކީ 2ވަނަ ފަންތީގެ މީހުން ކަމަށް ބަލައި އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން ގެންދަނީ އެމީހުންނާއި މެދު ވަރަށް ބޮޑަށް ތަފާތުކޮށް އިހާނެތިކޮށް ހިތަމުން ނެވެ.
އެހެން ކަމުން މި އަނިޔާވެރި ކަމުން ސަލާމަތް ވުމަށާއި، އެއްފަހަރާ ގިނަ ޢަދަދެއްގެ ފައިސާ ހޯދުމަށް ގިނަ ޢަދަދެއްގެ އަރަބިން ރިޝްވަތު ހިފާނެ ކަމަށް އިޒްރޭލުން ވަނީ ލަފާ ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...