ޒުވާނުންނާއި ގުޅޭ ތަފާތު ހަރަކާތްތައް ހިންގަމުންދާ "އަލްއަޞްރު"ގެ ފަރާތުން ކުރިއަށް އޮތް އެންމެ ބޮޑު ހަރަކާތަކީ "ތަޒްކިޔާ"އެވެ. "ތަޒްކިޔާ" އަކީ ޒުވާނުންނަށް ޙާއްޞަކޮށްގެން އަލްއަޞްރުގެ ފަރާތުން ބާއްވާ ކޭމްޕެކެވެ.
އިންސާނާގެ އުޅުމާއި ގުޅުން އިޞްލާޙު ކުރުމުގެ އެންމެ ބޮޑު އެހީއަކީ ތިމާގެ އަމިއްލަ ނަފްސު ތަޒްކިޔާ ކުރުމެވެ. އަދި ތިމާގެ ކިބައިގައި ގޯސް ކަމެއް ހުރިނަމަ، އެކަން ރަނގަޅު ކުރުމަށް އަމިއްލަ ނަފްސަށް ބާރު އެޅުމަކީ އަމިއްލަ ނަފްސް އިޞްލާޙު ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅެވެ. "ތަޒްކިޔާ" ކޭމްޕުގެ މަޤްސަދަކީ އެއީ އެވެ.
"މިކޭމްޕްގެ މަޤްޞަދަކީ ޒުވާނުންނަށް އަމިއްލަ ނަފްސު ތަޒްކިޔާކޮށް ރަނގަޅު ކުރުމުގެ ފުރުޞަތު ދިނުމާއެކު ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުން. އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ދަސްކޮށްދިނުމާއި އިސްލާމީ އަޚުވަންތަކަމާއި އެކުވެރިކަން އާލާކުރުން." އަލްއަޞްރުގެ ފަރާތުން ހާމަކުރެއެވެ.
ރާއްޖޭގައި ތަފާތު ކޭމްޕްތައް އަންނަނީ ބާއްވަމުންނެވެ. އެކި މަޤްސަދުގައި އެކި ތަންތަނުގައި އެކޭމްޕްތައް ބާއްވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު ބައެއް ހުނަރުތައް ދަސްވިނަމަވެސް އެފަދަ ކޭމްޕްތަކަކީ ކުދިންނަށް "އެހެން" މާހައުލަކަށް ލޯހުޅުވޭ ކޭމްޕްތަކެކެވެ. މިދެންނެވީ މަދަރުސާގެ ކުދިންނަށް އެފަދަ ކޭމްޕްތަކުން ރިވެތި އަޚްލާޤު ދަސްކޮށްނުދިނުމުން ބޭއަދަބީ ކަންކަމަށް ނުކުމެވޭ ހަރަކާތަކަށް އެފަދަ ކޭމްޕްތައް ވެގެންދާ ވާހަކައެވެ.
އަލްއަޞްރުގެ ފަރާތުން ބާއްވާ ޒުވާނުންގެ ކޭމްޕް އަކީ އެފަދަ ކޭމްޕްތަކަަށް ހުރި ނަމޫނާ އެކެވެ. މިއަހަރުވެސް ރ. ކުޑަކުރަތުގައި އަލް އަޞްރު އިން ބޭއްވި "ތަޒްކިޔާ" ކޭމްޕްއިން އެކަން ވަނީ ދައްކައިދީފައެވެ. "ތަޒްކިޔާ" ކޭމްޕުގައި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭއިރު "އިސްލާމީ ތައުލީމާއި ތަރުބިއްޔަތު" އޭގެ ތެރެއިން އެނގިގެންދާނެއެވެ. އަދި އެތައް ބަޔަކު އެކުވެގެން އުޅޭއިރު ދިމާވާ މައްސަލަތައް ހައްލުކުރުމަށް "އިސްލާމީ އަޚުވަންތަކަމާއި އެކުވެރިކަން އާލާކުރުން" މިކޭމްޕުގެ ތެރޭގައި ހިމެނޭނެކަމަށް އަލްއަޞްރުގެ ފަރާތުން ޔަގީންކަން ދެއެވެ.
"ތަޒްކިޔާ" ކޭމްޕާބެހޭ ގޮތުން އަލް އަޞްރު އިން އިތުރަށް ހާމަކުރި ގޮތުގައި ދިރިއުޅުމުގެ ހުނަރުތަކާއި، ލީޑަރޝިޕް ޕްރޮގްރާމްތަކާއި މޯޓިވޭޝަނަލް ދަރުސްތައް ފަދަ ޒުވާނުންނަށް ބޭނުންވާނެ ތަފާތު ދާއިރާ ތަކުން މައުލޫމާތުތައް ލިބިގެންދާނެއެވެ.
ތިން ދުވަހަށް ކުރިއަށްގެންދާ މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންްބަރު މަހުގެ 4 ން 6 ށް އދ. ދިއްދޫގައެވެ. މިކޭމްޕްގައި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށާއި މިކޭމްޕްއާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންނަވާ ފަރާތްތަކުން 7925277 ނަންބަރު ފޯނާއި ގުޅުމުން މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް އަޞްރުން ބުނެއެވެ.
އަލް އަޞްރު އިން "ތަޒްކިޔާ" ކޭމްޕް ބާއްވަނީ އދ. މަހިބަދޫ ބައްޔިނާ ޖަމިއްޔާއާއި ގުޅިގެންނެވެ. މިހަރަކާތް އދ. އަތޮޅުގައި ބާއްވަން ހަމަޖެހިފައިވާއިރު އ.ދ އަތޮޅު ކައުންސިލުން މިކޭމްޕްގެ އެންމެހާ ކަންކަމަށް ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާ ކަމަށް އަޞްރުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.


















advertisment
varah rangalhu kameh.addu gaives baavan veenu
ބޮންގޮއްވަން ވެސް ދަސް ކޮށްދޭނެތަ؟ ނޫނީ ސީރިޔާޔަށް އެންމެ ފަސޭހައިން ދެވޭނެގޮތް؟ LOL
ތިރަށަކީ އަނެއްކާ ސޫރިޔާއަށް މީހުން ފޮނުވަން ރެކްރޫޓްކުރާ ކޭމްޕެއް ނޫންބާ! ދިވެހި ސަލާމަތީ ބާރުތަކުގެ ކޮންމެވެސް ބަޔަކު މިކަން ވަރަށް ގާތުން މޮނީޓަރ ކުރުން ރަނގަޅު.