ހއ. ބާރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން މަތީ ގްރޭޑުތަކުގެ އަންހެން ކުދިން ސްކޫލް ޔުނީފޯމާ އެކު ބުރުގާ އެޅުން މަޖުބޫރު ކުރުމަށް އެ ރަށު ސްކޫލުން ނިންމި ނިންމުން، އެޑިއުކޭޝަންއިން ހުއްދަ ނުލިބުމުގެ ސަބަބުން ތަންފީޒުކުރެވެން ނެތްކަމަށް އެރަށު ސްކޫލްއިން ބުނެފިއެވެ.
ބާރަށު ސްކޫލްއިން ހާމަކުރާ ގޮތުގައި ބެލެނިވެރިންގެ ވޯޓާއެކު ފާސްކުރި ނިންމުމަށް އަމަލު ކުރަން ހުއްދަ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ދެންނެވުމުން އެ މިނިސްޓްރީ އިން ދެއްވި ޖަވާބަކީ ޔުނީފޯމް ކޯޑަކަށް ބަދަލެއް ގެންނަ ނަމަ އެކަން ހަ މަސް ކުރިން ބެލެނިވެރިންނަށް އަންގަންޖެހޭނެ ކަމަށެވެ.
2015 ވަނަ އަހަރު ފެށުމަށް ހަމަސްދުވަހުގެ މުއްދަތެއް ނެތުމުން އަންނައަހަރު އެނިންމުމަށް ޢަމަލުކުރެވެން ނެތްކަމަށް ބާރަށު ސްކޫލްއިން ހާމަކުރެއެވެ.
ބާރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން މަތީ ގްރޭޑުތަކުގެ އަންހެން ކުދިން ސްކޫލް ޔުނީފޯމާ އެކު ބުރުގާ އެޅުން މަޖުބޫރު ކުރުމަށް ނިންމާފަވަނީ މިމަހުގެ 5 ވަނަ ދުވަހުގެރޭ ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމެއްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...