އަންނަ އަހަރު ކުއްލިއްޔާ އިސްލާމިކް ޔުނިވާސިޓީ އަކަށް ބަދަލުވާނެ ކަމަށް ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާ ގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވީ ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެކަމާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށާ ކުރިއަށްއޮތް އަހަރު އެބިލް ޤާނޫނަކަށްވެގެން އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުވެގެން ދާނެކަމަށެވެ.
މިއާއެކު ކުއްލިއްޔާގައި އިލްމީ ދިރާސާތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ޑޮކްޓަރ ޖަމީލް ވިދާޅުވީ ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުވެގެންދިއުމަކީ ތަޢުލީމީ ދާއިރާއަށް ލިބިގެންދާނެ ތާރީޚީ ހެޔޮ ބަދަލެއްކަމަށެވެ.
ކުއްލިއްޔާ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށްޓަކައި ފީސިބިލިޓީ ސްޓަޑީއެއް ހަދާ ސްޓްރެޓީޖިކް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.
ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކޮށް އެތަނުގައި ޤުރުއާނާއި ސުންނަތާއި ތަޖުވީދުގެ އިތުރުންވެސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޝާމިލްވެފައިވާ މާއްދާއެއްގެގޮތުގައި އިސްލާމިކް ބޭންކިންގ އާއި އިސްލާމިކް ފައިނޭންސިންގ ފަދަ ކޯސްތައް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން އަންހެނުންގެ އާއްމު ހާލަތު ރަނގަޅުކުރުމަށް ރޭވިގެން މަސައްކަތްތަކެއް ކުރިއަށްގެންދެވޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...