ދިވެހިންގެ އަތުން ނަގަމުން އައި ޓޫރިޒަމް ޖީއެސްޓީ ނުނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދިވެހިންގެ އަތުން ވެސް ކުރިން ނަމަގަމުން އައި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) މިމަހުގެ އެއްވަަނަ ދުވަހުން ފެށިގެން 12 ޕަސެންޓަށް ބޮޑުވުމާއި ގުޅިގެން ޖީއެސްޓީ ނެގުން ހުއްޓުވުމަށް މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އިސްލާޙު މަޖިލީހުން ފާސްކުރެއްވީ އެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ 72 މެންބަރުންގެ އިއްތިފާޤުންނެވެ.
މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލްގައި "ޓޫރިސްޓުން" އެ ބަސް މާނަކުރުމުގައި ބަލަންވީ ގޮތް ވެސް ވަނީ ބުނެދީފަ އެވެ. އެގޮތުން ޓޫރިސްޓުން ކަަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ދޫކުރާ ޓޫރިސްޓް ވިސާއެއްގައި ދިވެހިރާއްޖެއަށް އެތެރެވާ މީހުންނަށެވެ.
ޓީޖީއެސްޓީ 12 ޕަސަންޓުގައި ދިވެހިންގެ އަތުން ނުނެގުމަށް ނިންމާފައިވާއިރު ކާޑުގެ ބާވަތްތަކުންނާއި ޕެޓްރޯލާއި ޑީސަލުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 10 ޕަސެންޓް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ބިލެއް ހުށަހަޅާފަ އެވެ. އެބިލް މަޖިލީހަށް ހުށަހެޅުއްވީވެސް ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...