"އަމިއްލަ ސަލާމަތް- އަމިއްލަ ޝައުޤުގައި" މިޝިޢާރުގެ ދަށުން އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ދުވާފަރުގައި ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މިޕްރޮގްރާމް ނިންމުމުގެ ގޮތުން ރ އަތޮޅު މަދަރުސާގައ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދެވެ.
މިޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދުވާފަރު ޕްރައިމަރީ ސްކޫލުގެ ފަޔަރ އިވެކުއޭޝަން ޕްލޭން އެސްކޫލާއި ހަވާލުކޮށްދިނުން އޮތެވެ. މި ޕްލޭން ސްކޫލާއި ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެވެ.
މިމަހު 14 އިން 18 އަށް ހިންގި މިޕްރޮގްރާމުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިޕްރޮގްރާމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި ކުއްލި ހާލަތުގައި ފުރަތަމަ އެހީދޭނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތު ކުރުމުގެ މުހިންމު ކަމާއި ގުޅޭ ގޮތުން ކުލާސްތައް ވަނީ ބޭއްވިފައެވެ.
މިޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރ.ދުވާފަރު ކައުންސިލުގެ ނައިބު ރައީސް އަލްފާޟިލް އާމިރު އަޙްމަދާއި ކައުންސިލް މެމްބަރުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރަައްޔިތުން ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާއިން އިސްނަގައިގެން "އަމިއްލަ ސަލާމަތް- އަމިއްލަ ޝަޢުޤުގައި" މިޝިޢާރުގެ ދަށުން ހިންގި މިޕްރޮގްރާމަކީ ސިލްސިލާކޮށް ނޮދަން އޭރިއާގެ ރަށްތަކުގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...