ގެއްްލިގެން ހޯދަމުން ދިޔަ "އެއްފަސް" ދޯނި ފެނިއްޖެއެވެ.
ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު "އެއްފަސް" ނަމަކަށް ކިޔާ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިގެން އުޅެނިކޮށް މި ދޯނި ފެނުނީ ރ އަތޮޅަށް އެނބުރި އަންނަނި ކޮށްނެވެ.
މި ދޯނި ގެއްލިގެން ކޯސްޓްގާޑުން ކުރިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މިދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މިމަހު 08 ވަނަ ދުވަހު އިރުއޮއްސުމާ ކައިރިވެފައި ވަނިކޮށް ރ.އަތޮޅާއި ދިމާލު ބޭރުންކަމަށެވެ. އަދި މި ދޯނި މަސްވެރިކަމަށް ނުކުންނާނީ ރ.އަތޮޅުގެ ހުޅަނގަށް ކަމަށްވެސް ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައި ވެއެވެ.
މިދޯންޏަކީ ދިގު މިނުގައި 80 ފޫޓު ހުރި ހުދުކުލައިގެ، ދެބުރި ގެގަޑެއްލާފައިވާ ދޯންޏެކެވެ. އަދި އޮޑިގަނޑުގައި ލާފައި ހުންނާނީ ނޫކުލައިގެ ދަވާދުކަމަށާއި ދޯނީގައި ބާރަ މީހުން ތިބިކަމަށް ދޯނީގެ ވެރިފަރާތުން މަޢުލޫމާތު ދެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯންޏަކީ ރ.ދުވާފަރަށް ނިސްބަތްވާ މީހެއްގެ ދޯންޏެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...