ރާއްޖޭގެ ޚަބަރު ރައީސް މައުމޫން އެހެން ޕާޓީ އަކަށް ވަޑައި ނުގަންނަވާނެ: ޕީޕީއެމް

ރައީސް މައުމޫން އެހެން ޕާޓީ އަކަށް ވަޑައި ނުގަންނަވާނެ: ޕީޕީއެމް

ރައީސް މައުމޫން އެހެން ޕާޓީ އަކަށް ވަޑައި ނުގަންނަވާނެ: ޕީޕީއެމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤާއްޔޫމް އެހެން ޕާޓީއަކާ ގުޅިވަޑައި ނުގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މައުމޫން ޕީޕީއެމް ދޫކުރައްވައި، އެހެން ޕާޓީއަކަށް ވަޑައިގަތުމުގެ، ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް މަޤާމަކަށް ވަޑައިގެންނެވުމުގެ ޚިޔާލުފުޅެއް ނުގެންގުޅުއްވާ ކަމުގެ ޔަޤީންކަން އެ ޕާޓީގެ މެންބަރުންނަށް އަރުވާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމަކީ ޑީމޮކްރަސީގެ ރިވެތި އުސޫލުތަކަށް ތަބާވާ ޕާޓީއެއް ކަމަށް ވެސް އެޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވައި އެންމެ ފުރަތަމަ އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީން ދާދި ފަހުން ވަނީ، ރައީސް މައުމޫނަށް އެޕާޓީގެ ޒައީމުކަމުގެ މަޤާމު އެރުވުމަށް ނިންމާފައެވެ.

މިގެ އިތުރުން ރައީސް މައުމޫން ޕީޕީއެމް ދޫކުރައްވައި، ޑީއާރުޕީއަށް އަނެއްކާވެސް ވަޑައިގަންނަވަން އުޅުއްވާކަމުގެ ޚަބަރު ތަކެއްވެސް މާލެތެރޭގައި ދަނީ ފެތުރެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.