މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން “ފާރަ ގެމަ” ޤާއިމް ކުރުމަށް ބޭނުންވާ ކުއްތާ ރާއްޖެ ގެނައުމަށްޓަކައި ދައްކަން ޖެހޭ އެޑްވާންސް ފައިސާ ދިވެހި ސަރުކާރުން އިއްޔެ ދައްކައިފިއެވެ.
“ފާރަ ގެމަ” ޤާއިމް ކުރުމަށް ބޭނުންވާ ކުއްތާ ގެނައުމަށްޓަކައި 40000 ޔޫރޯ އިއްޔެ ވަނީ ހޮލެންޑްގެ ކުންފުންޏަކަށް ދިވެހި ސަރުކާރުން ދައްކާފައެވެ.
މީގެ އިތުރުން ކުއްތާ ބޭތިއްބުމަށް ހުޅުމާލޭގައި ޤާއިމްކުރާ ކެނެލްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިޢުލާން ކޮށްފައެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި “ފާރަ ގެމަ” ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހި ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.
ރާއްޖޭގައި އަލަށް ޤާއިމްކުރާ ކުއްތާ ސްކޮޑަށް “ފާރަ ގެމަ” މިނަން ދިނުމަށް ރަސްމީކޮށް ހަމަޖައްސައި އެކަން ވަނީ މީގެ ކުރިން އިޢުލާން ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...