ރާއްޖޭގެ ޚަބަރު ރާއްޖެއާއި އެކު އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެ: އިންޑިޔާ

ރާއްޖެއާއި އެކު އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެ: އިންޑިޔާ

ރާއްޖެއާއި އެކު އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެ: އިންޑިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިޔާއާއި، ރާއްޖެއާ ދޭތެރޭ އޮތް ގާތް، ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ވަރުގަދަވެ، އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޮނުއްވި މެސެޖުގައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ފޮނުއްވި މެސެޖުގައި، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް، އިންޑިޔާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައިވެއެވެ.

އަދި، އިންޑިޔާއާއި، ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ 50 ވަނަ އަހަރު، މި ނޮވެންބަރުމަހުގެ ތެރޭގައި، ފެށިގެންދާނެކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަ ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.