ދިވެހިންގެ ދާޚިލީ ކަންކަމުގައި ފަރަންޖީން ބައިވެރި ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އިންޒާރު ކުރައްވައިފިއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ޒުވާނުން ގުޅިގެން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހި ރައްޔިތުން އަމިއްލަ އަށް ކަމަށާއި، ދިވެހިންގެ ކަންކަން ނިންމާނެގޮތް ގާނޫނު އަސާސީގައި އެކަށައަޅާފައި ވާކަމަށެވެ.
އަދި އެއަށްފަހު ބޮޑެތި ކަންކަން ނިންމަނީ އާންމުކޮށް ރައްޔިތުންނާއި ހަމައިން ކަމަށާއި، މިކަންކަން ކުރުމުގައި ފަރަންޖީން ބޭނުންކުރާން ނުޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ކޮމަންވެލްތުން ކުރިން ކަންކަން ކޮށްފައިވާ ގޮތުން ކޮމަންވެލްތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...