ރާއްޖޭގެ ޚަބަރު ކާޑުގެ ބާވަތްތަކާއި ތެލުން ޑިއުޓީ ނަގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ކާޑުގެ ބާވަތްތަކާއި ތެލުން ޑިއުޓީ ނަގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ކާޑުގެ ބާވަތްތަކާއި ތެލުން ޑިއުޓީ ނަގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކާޑުގެ ބާވަތްތަކާއި ތެލުން ޑިއުޓީ ނަގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ތެލާއި ކާޑުގެ ބާވަތްތަކުން ނެގުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 10 އިންސައްތަ ކަމަށެވެ.

އަދި މި ގޮތަށް ހުށަހެޅީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އިމްޕޯޓް މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް އިމްޕޯޓް ޑިއުޓީގެ މިންވަރަށް ބަދަލު ގެނައުމަށް ކަމަށް ވެސް ސަރުކާރުން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސަރުކާރުން ވަނީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުން 150% އިންސައްތަ އަދި 200 އިންސައްއިގެ ޑިޔުޓީވެސް ނެގުމަށް ހުށަހަޅާފައެވެ.

އަދި ގްޒަރީ ކޮސްމެޓިކްސް އަދި ސެންޓުން 20 އިންސައްތައިގެ ޑިޔުޓީ ނަގާއިރު، ންފަތް އެކުލެވޭ ބާވަތްތަކުން 200 އިންސައްތައިގެ ޑިޔުޓީ ނެގުމަށާއި، ކޮންމެ ސިނގިރެޓަކުން ވަކިން 1.25ރ. ޑިޔުޓީއެއް ނެގުމަށް ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މި ބިލަކީ ސަރުކާރުން ހުށަހެޅި ބިލަކަށް ވުމާއި އެކު މަޖިލީހުގައި ސަރުކާރަސް ލިބިފައިވާ ފުރިހަމަ މެޖޯރިޓީގެ ބޭނުން ހިފައިގެން އުނދަގުލެއް ނެތި މި ބިލު ފާސްކުރާނެ ކަމަށް ބެލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.