އަލްމަސްޖިދުލް އަޤްޞާއާ ގުޅޭ ވަރަށް ޚާއްޞަ ދަރުސެއް އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 14 ވާ ހުކުރު ދުވަހުގެ ރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މިދަރުސް ދެއްވާނީ އައްޝައިޙް ހައިޝަމް މުޙައްމަދުއެވެ.
މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ދެއްވުމަށް އެމިނިސްޓްރީއިން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...