މިއަދު ރާއްޖޭގައި އޮތީ ދިވެހިން ބޭނުންވާފަދަ ވެރިކަމުގެ ނިޒާމެއް ކަމަށާއި، އިސްލާމް ދީނުގެ ތަރަހައިން ބޭރުވި ވެރިކަމުގެ ކޮންމެ ނިޒާމެއް ދިވެހިން ބަދަލު ކޮށްފައި ވާކަމަށް ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވީ، އިސްލާމީ އުސޫލުތަކުން ކައްސާލި ވެރިކަމުގެ ކޮންމެ ނިޒާމެއް ދިވެހިން ބަދަލުކުރި ކަމަށާއި އިސްލާމް ދީނުގެ އަސާސްތަކާއި ހިލާފުވި ކޮންމެ ވެރިއެއްގެ ވެރިކަން ހިތި ގޮތަކަށް ނިމިގެން ދިޔަކަން ދިވެހި ތާރީހުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.
އެހެން ނަމަވެސް ވެރިކަމުގެ ނިޒާމު ދިވެހިން ބޭނުން ކޮންމެ ގޮތަކަށް ބަދަލުކުރި ނަމަވެސް ވެރިކަމުގެ ހަމަ ތަކުގެ ތެރެއިން މުހިންމު ކަންކަން ދިވެހިން ބަދަލު ކޮށްފައި ނުވާ ކަމަށާއި، ދިވެހިން ބަދަލު ކޮށްފައި ނުވާ ހަމައެކަނި ކަންކަމަކީ އިސްލާމް ދީން ގެނެސްދިން މަތިވެރި ހަމަތައް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޖުމްހޫރީ ނިޒާމާއި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުނު މަދު ދުވަސްކޮޅާއި، މިޒަމާނުގެ ޑިމޮކްރަސީއަށް ވެރިކަން ބަދަލުވި ނަމަވެސް އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން ނުނިކުތުމަށް ރާއްޖޭގެ ވެރިކަން ކުރެއްވި ވެރިންނަށް ދިވެހިން އަބަދުވެސް ބާރު އަޅާފައި ވާކަމަށްވެސް ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...