އުރީދޫގެ ނަންބަރު ތަކުން ދީނީ ކަންކަމަށް އެހީތެރި ވެވޭގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން އުރީދޫގެ ނަންބަރު ތަކުން ދީނީ މަސައްކަތް ތަކަށް މިހާރު ހޭދަކުރެވެނީ އިސްލާމިކް މިނިސްޓްރީން ހުޅުވާފައިވާ 3 ފަންޑަކަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެސްއެމްއެސްގެ ޒަރިއްޔާ އިން މިސްކިތު ފަންޑާއި މުސްހަފު ޗާޕު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ މުސްހަފް މާލްދީފް ފަންޑާއި ދީނީ ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތަށް ފައިސާ ހޯދާ ފަންޑަށް އުރީދޫގެ ނަންބަރު ތަކުން މިހާރު ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ފަންޑުތަކަށް ފައިސާ ހަދިޔާ ކުރުމަށް އުރީދޫ ކަސްޓަމަރުން ބޭނުން ކުރާނެ ކޯޑަކީ ސްޓާ ފަހެއް ތިނެއް ފަހެއް ހޭޝް (#535*) އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...