ރާއްޖޭގެ ޚަބަރު ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ނ. ކެނދިކުޅުދޫގައި ގާއިމު ކުރަން އަދި ނިންމާފައެއް ނުވޭ: ޔުނިވާސިޓީ

ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ނ. ކެނދިކުޅުދޫގައި ގާއިމު ކުރަން އަދި ނިންމާފައެއް ނުވޭ: ޔުނިވާސިޓީ

ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ނ. ކެނދިކުޅުދޫގައި ގާއިމު ކުރަން އަދި ނިންމާފައެއް ނުވޭ: ޔުނިވާސިޓީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ނ. ކެނދިކުޅުދޫގައި ގާއިމު ކުރުމަށް ނިންމާފައި ވާކަމަށްބުނެ ބައެއް މީޑިޔާތަކުން ފެތުރި ވާހަކަތައް އެމްއެންޔޫ އިން ދޮގުކޮށްފިއެވެ.

ރާއްޖޭގެ އުތުރުގައި ޤާއިމްކުރާ ދެވަނަ ކެމްޕަސް ނ. ކެނދިކުޅުދޫގައި ގާއިމް ކުރަން ނިންމާފައި ވާކަމަށްބުނެ ބައެއް މީޑިޔާ ތަކުން ފެތި ޚަބަރު ދޮގުކޮށް ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނީ ޔުނިވާސިޓީގެ ކެމްޕަސް އަޅާނެ ތަން ކަނޑައަޅަނީ ޔުނިވާސިޓީގެ ކައުންސިލުން ކަމަށާއި، އުތުރުގެ ދެވަނަ ކެމްޕަސް އެޅުމަށް 8 ރަށަކަށް ޒިޔާރަތްކޮށް ބަލާފައި ވާނެ ކަމަށެވެ. އެގޮތުން މި ކެމްޕަހަކީ އުތުރުގެ ހަތަރު އަތޮޅުކަމަށްވާ ނ ރ ބ އަދި ޅ އަތޮޅަށް އަމާޒުކޮށްގެން ޤާއިމު ކުރާ ކެމްޕަސް ޤާއިމު ކުރުމަށް ރަށްތައް ބަލާފައި ވީނަމަވެސް ވަކި ރަށެއް އަދި ކަނޑައަޅާފައި ނުވާކަމަށް ޔުނިވާސިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޤައުމީ ޔުނިވާސިޓީން މިހެން ބުނި ނަމަވެސް ދައުލަތުގެ މީޑިޔާ ޓީވީއެމުން ބުނެފައި ވަނީފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓްގައި ކެނދިކުޅުދޫގައި ކެމްޕަހާއެކު ދަނާލެއް އެޅުމަށް ކަނޑައަޅާފައި ވާކަމަށެވެ.

ރާއްޖޭގެ އުތުރުން ހދ ކުޅުދުއްފުށީގައި ކެމްޕަހެއް ޤާއިމު ކޮށްފައި ވާއިރު، ލ ގަމާ ގދ ތިނަދުއާ ސ ހިތަދޫގައިވެސް ޔުނިވަސިޓީގެ ކެމްޕަސްތައް ވަނީ ގާއިމު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.