ޗައިނާއިން ޤާއިމުކުރާ ސިލްކުރޫޓުގައި ބައިވެރި ނުވުމަށް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.
ޗައިނާއިން އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ޤާއިމު ކުރަން މަސައްކަތް ކުރާ ސިލްކު ރޫޓުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުން ނިންމި ނިންމެވުންް އަނބުރާ ގެންދިޔުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މިހާރުގެ ރައީސް ޢަބްދުﷲ ޔާމީނަށް ގޮވާލައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިލްކު ރޫޓުގައި ރާއްޖެއިން ބައިވެރިވުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުން އަންބުރާ ގެންނެވުމަކީ އިންޑިއާ ކަނޑުގެ މަސްލަޙަތަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގެ ހަމަޖެހުން ބިނާވެފައި އޮންނަނީ އިންޑިޔާ އާއިއެކު އޮންނަ ގުޅުމެއްގެ މައްޗަށް ކަމަށާއި ޗައިނާ އިން އިންޑިޔާ ކަނޑުގައި ޤާއިމު ކުރާ ސިލްކު ރޫޓުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުން ނިންމި ނިންމެވުން ރައީސް ޔާމިން އަނބުރާ ގެންދަވަން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ސިލްކް ރޫޓްގައި ބައިވެރިވުމަށް ރާއްޖެއިން ނިންމާ އެކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ އެންމެ އިސްވެރިން ނެރުނު ގުޅިފައިވާ ބަޔާނުގަ އެވެ.
މީގެ އިތުރުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވަނީ މި މައްސަލާގައި ދިވެހިންގެ މިނިވަން ކަމުގެ ތެރެއިން ނިންމާ ނިންމުން ތަކަށް އެހެން ޤައުމުތަކުގެ ރުހުން ހޯދަން ކޮންމެހެން ނުޖެހޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...