ރާއްޖޭގެ ޚަބަރު އެމްއެންޑީއެފުން ނ މާޅެންދޫގައި އަލިފާނުގެ ޙާދިސާތަކާއި ފެންބޮޑުވުމުން ޢަމަލު ކުރާނެގޮތް ދަސްކޮށްދީފި

އެމްއެންޑީއެފުން ނ މާޅެންދޫގައި އަލިފާނުގެ ޙާދިސާތަކާއި ފެންބޮޑުވުމުން ޢަމަލު ކުރާނެގޮތް ދަސްކޮށްދީފި

އެމްއެންޑީއެފުން ނ މާޅެންދޫގައި އަލިފާނުގެ ޙާދިސާތަކާއި ފެންބޮޑުވުމުން ޢަމަލު ކުރާނެގޮތް ދަސްކޮށްދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްއެންޑީއެފް ނޮދަންއޭރިއާ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) ގުޅިގެން ނ.މާޅެންދޫގައި ހިންގުނު ފަޔަރ ފައިޓިންގ އެންޑް ފްލަޑް ރެސްޕޮންސް ޕްރޮގުރާމް ނިމިއްޖެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މާޅެންދޫ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރެވެ.

މިރަސްމިއްޔާތުގައި ޔޫއެންޑީޕީން މާޅެންދޫއަށް ހަދިޔާކުރި ފެންހިއްކާ ޕަންޕްގެ ނިޒާމް ވަނީ ހުޅުވައި ދެއްވާފައެވެ. މި ޕަމްޕު ސިސްޓަމް ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދެވެ. އަދި ފަޔަރ ފައިޓިންގ އެންޑް ފްލަޑް ރެސްޕޮންސް ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީވެސް ކާނަލް މުޙައްމަދު ޝާހިދެވެ. މީގެ އިތުރުން ޝަރަފުވެރި މެހުމާނު އަލްފާޟިލް މުޙައްމަދު ޒުޙައިރު، މިރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.

މިދިޔަ އޮކްޓޯބަރު 23 ން 27 އަށް މާޅެންދޫގައި ހިންގި ފަޔަރ ފައިޓިންގ އެންޑް ފްލަޑް ރެސްޕޮންސް ޕްރޮގުރާމުގައި 20 ފަރާތެއް ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ބޭސިކް ފަޔަރ ފައިޓިންގ ސްކިލްގެ އިތުރުން ރަށުގައި ފެން ބޮޑުވެއްޖެ ހިނދެއްގައި ހަރަކާތްތެރިވާނެ ގޮތްތަކާއި ފެންހިއްކާ ޕަންޕް އޮޕަރޭޓްކުރާނެ ގޮތްތައް ވަނީ ބައިވެރިންނަށް ދަސްކޮށްދީފައެވެ.

މިރަސްމިއްޔާތުގައި ނ.މާޅެންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ޝަރީފާއި އެމްއެންޑީއެފް ނޮދަން އޭރިއާ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ މުޙައްމަދު ރިޒްމީ ވަލީދާއި މާޅެންދޫ ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.