ރާއްޖޭގެ ޚަބަރު މުދަލުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މުދަލުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މުދަލުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި އަހަރުގެ މިހާތަނަށް މުދަލުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ވިދާޅުވީ، މުދަލުޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބިފައި ވަނީ 34,714,733.64 ( ތިރީސް ހަތަރު މިލިޔަން ހަތްލައްކަ ސާދަހާސް ހަތްސަތޭކަ ތެއްތިރީސް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި ) ކަމަށެވެ.

މީގެ އިތުރުން ޒަކާތުފަންޑުން ޒަކާތުގެ ހައްގުވެރިންނަށް މިއަހަރުގެ މިހާތަނަށް 51،620،290.37 ( ފަންސާސް އެއް މިލިއަން ހަ ލައްކަ ވިހި ހާސް ދުއިސައްތަ ނުވަދިހަ ރުފިޔާ ތިރީސް ހަތްލާރި ) ޚަރަދު ކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 34 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައި ވާއިރު، ފަހަކަށް އައިސް ޒަކާތަކީ ކިހާވަރެއްގެ ކަމެއްކަމާއި ޒަކާތުގެ ޙުކުމްތައް އޮޅުންފިލުމުން ގިނަ ބަޔަކު ޒަކާތް ނެރޭކަން ފާހަގަ ކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.