ސީރިޔާގައި ހަނގުރާމަ ކުރަމުން ދިޔަ އިތުރު ދިވެއްސަކު ޝަހީދުވެފައިވާ ކަމަށް ބިލާދް އަލް ޝާމް މީޑީއާއިން ބުނެފިއެވެ.
ސީރިޔާގެ ހަނގުރާމަވެރިންގެ މަޢުލޫމާތު ޢާއްމު ކުރަމުން ގެންދާ ބިލާދުއްޝާމް މީޑިޔާއިން ބުނީ ސީރިޔާގައި މިފަހަރު ޝަހީދުފައިވަނީ "އަބޫ ފުލާން" ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އެހެން ނަމަވެސް އޭނާގެ އިތުރު ތަފްޞީލެއް އެ ގުރޫޕުން ހާމަކޮށްފައެެއް ނުވެއެވެ.
Another great Maldivian brother martyred. May Allah accept him. Ameen pic.twitter.com/Zs7b2S9htk
— Bilad Al Sham Media (@BiladAlSham_Dhi) November 7, 2014
ސީރިޔާގައި ހަނގުރާމަ ކުރަމުން ގެންދިޔަ އިތުރު ދިވެއްސަކު ޝަހީދުވެފައިވާ ކަމަށް ހަނގުރާމަވެރިން ބުނެފައި ވާއިރު، ޤައުމު ތަކުގެ ދާޚިލީ ހަނގުރާމަ ތަކަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީންވަނީ ގޮވާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...