ރާއްޖޭގެ ޚަބަރު މިހާތަނަށް އެންމެ ގިނައިން ސަބްސިޑީ ދެވުނީ މުއްސަނދިންނަށް: ފިނޭންސް

މިހާތަނަށް އެންމެ ގިނައިން ސަބްސިޑީ ދެވުނީ މުއްސަނދިންނަށް: ފިނޭންސް

މިހާތަނަށް އެންމެ ގިނައިން ސަބްސިޑީ ދެވުނީ މުއްސަނދިންނަށް: ފިނޭންސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އެންމެ ގިނައިން ސަބްސިޑީ ދެވުނީ މުއްސަނދިންނަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ދައުލަތުން ސަބްސިޑީ ދޫކުރާ ނިޒާމަށް ބޮޑެތި ބަދަލު ތަކެއްގެނެސް މުއްސަނދިންނަށް ދެވޭ ސަބްސިޑީ މަދު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގައިސަރުކާރުގެ ވިސްނުމަކީ އާމްދަނީ އިތުރުކޮށް ހަރަދުތައް ކުޑަކުރުންކަމަށާއި، ޚަރަދުކުޑަކުރުމުގައި އެންމެބޮޑު އިސްކަމެއްދިނުމަށް ހަމަޖެހިފައިވަނީ ސަބްސިޑީއަށް ހޭދަކުރެވޭ މިންވަރު ދަށްކޮށްގެން ކަމަށެވެ.

މުނައްވަރު ވިދާޅުވީ މިހާތަނަށް ސަބްސިޑީ އެންމެ ގިނައިން ދީފައިވަނީ މުއްސަނދިންނަށްކަމަށާއި ފަޤީރުންނަށް ދީފައިވަނީ ވަރަށް ކުޑަ އިންސައްތައެއް ކަމަށާއި، ފަޤީރުންނަށް ސަބްސިޑީގެގޮތުގައި ދީފައިވަނީ ސަބްސިޑީގެ އެންމެ ބާރަ އިންސައްތަ ކަމަށެވެ.

އަންނަ އަހަރުން ފެށިގެން އެންމެ ޙައްޤުވާމީހުންނަށް ސަބްސިޑީ ދިނުމަށްޓަކައި، ސަބްސިޑީ ދޭނެ ނިޒާމެއް ކަނޑައެޅުމަށް އެންސްޕާއާއި ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ސަބްސިޑީއަށް ތިނެއް ޕޮއިންޓް ދޭއް ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މީގެތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީގެ ގޮތުގައި ދެވޭ ފަސްހާސްރުފިޔާގެ އިނާޔަތުގެގޮތުގައި އެއް ބިލިއަން ރުފިޔާ އާއި، ހުސްނުވާ އާސަންދައަށް ހަތްސަތޭކަފަންސާސް މިލިއަން ރުފިޔާއާއި، ކަރަންޓު ސަބްސިޑީއަށްދޭ ފަސްސަތޭކައަށާރަ މިލިއަން ރުފިޔާ އާއި، ކާޑުގެ ސަބްސިޑީއަށް ސަތޭކައަށްޑިހަ ހަ މިލިއަން ރުފިޔާ އާއި ފެނުގެ ސަބްސިޑީއަށް ސާޅީސްއަށް މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޚާއްސައެހީ ބޭނުންވާ ޕްރޮގްރާމްތަކަށް ދެވޭ އެހީ އަށް ސަތޭކަނަވާވީސް މިލިއަން ރުފިޔާ އެކަނިވެރިމައިންނަށް އަށްޑިހަ މިލިއަން ރުފިޔާވަނީ ބަޖެޓްގައި ހިމަނާފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.