ރާއްޖޭގެ ޚަބަރު މީހުން ފޮރުވުމާއި ޖިހާދުގެ ނަމުގައި ޤައުމުތަކަށް ހަނގުރާމަޔަށް ދިއުމުގެ މައްސަލަ ކުރިމަތިވާން ފަށައިފި

މީހުން ފޮރުވުމާއި ޖިހާދުގެ ނަމުގައި ޤައުމުތަކަށް ހަނގުރާމަޔަށް ދިއުމުގެ މައްސަލަ ކުރިމަތިވާން ފަށައިފި

މީހުން ފޮރުވުމާއި ޖިހާދުގެ ނަމުގައި ޤައުމުތަކަށް ހަނގުރާމަޔަށް ދިއުމުގެ މައްސަލަ ކުރިމަތިވާން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީހުން ފޮރުވުމާއި ޖިހާދުގެ ނަމުގައި ޤައުމުތަކަށް ހަނގުރާމަޔަށް ދިއުމުގެ މައްސަލަ ކުރިމަތިވާން ފަށާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ވިދާޅުވީ، ފާތު އެކިއެކި ކުށްތައް މުޖުތަމަޢުގައި ހިނގަމުންދާއިރު އެހުރިހާ ކުށްތަކަކީވެސް އެކުށްތައް ހުއްޓުވަން ފުލުހުން ސީރިއަސް ކަމާއެކު މަސައްކަތްކުރާ ކަމަށެވެ.

އެގޮތުން މީހުން ފޮރުވުމާއި ޖިހާދު ކުރުމުގެ ނަމުގައި ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދިއުންފަދަ ކަންކަމަކީވެސް މިހާރު ކުރިމަތިވަމުން އަންނަ ކުށްތަކެއް ކަމަށާއި މިކަންކަން ހުއްޓުވުމަށްވެސް ފުލުހުން ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ޑީސީޕީ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

ސަޢުދީ ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ ޤައުމުގައި އަމާން މާޙައުލެއް ޤާއިމްކޮށް ޖިނާޢީ ކުށްތައް ތަޙުޤީޤުކޮށް ޝަރީޢަތަށް ފުނުވުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ޤާނޫނު ތަންފީޒުކޮށް ޤާނޫނު ނެގެހެއްޓުމުގެ ޒިންމާ ޤާނޫނު އަސާސީން މަތިކޮށްފައިވާ، ސަލާމަތީ ޚިދުމަތްދޭ ބައެއްކަމަށްވީހިނދު ފުލުހުން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަމުންދާނީ މިކަންކަން ޙާޞިލް ކުރެވޭނެ ގޮތަށް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.