ރ މަޑުއްވަރީގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރުން ހުއްޓުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ ރ މަޑުއްވަރީގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުން ގެންދާތީ އެކަން ހުޓުވުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ރ މަޑުއްވަރީގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރުމުގެ މައްސަލަ ބޮޑުވެފައި ވާކަމަށާއި، މިކަން ފުޅާވަމުން ދަނީ އިސްލާމިކް މިނިސްޓްރީން މާބޮޑު ސަމާލުކަމެއް ނުދިނުމުން ކަމަށް މަޑުއްވަރީ ކައުންސިލުން ވަނީ ބުނެފައެވެ.
މަޑުއްވަރީ ކައުންސިލުގެ ރައީސް ވިދާޅުވެފައި ވަނީ މި މައްސަލަ މީގެ 4 މަހެއްހާ ދުވަސް ކުރިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ސަމާލު ކަމަށް ގެންނަމުންދާ ކަމަށާއި މިނިސްޓްރީން މިކަމުގައި އެހީތެރިކަމެއް ދީފައި ނުވާކަމަށެވެ.
މަޑުއްވަރީގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުން ގެންދަނީ ޢާއްމު މީހެއްގެ ގޭގައި ކަމަށާއި، މިކަން އިތުރަށް ފުޅާވަމުން ގޮސް މީގެ ތެރެއަށް ކުޑަކުދިންވެސް މިހާރު ވައްދަން ފަށާފައިވާ ކަމަށް މަޑުއްވަރީ ކައުންސިލުން ބުނެއެވެ.
ދާދި ފަހުންވެސް ވަނީ މަޑުއްވަރީން ފުރައިގެން ސީރިޔާއަށް ޖިހާދަށް ކަމަށްބުނެ ދިޔަ 3 މީހަކު ލަންކާއިން ހައްޔަރު ކޮށްގެން ރާއްޖެ ގެނެސްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...