ވަކި ކުށް ތަކެއްގެ އަދަބުލިބޭ މީހުން ޖަލުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުން ޤާނޫނީ ގޮތުން ޖަލުން ސަލާމަތްވާ ގޮތަށް ހެދުމަށް އިސްލާމިކް މިނިސްޓަރު ގޮވާލައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ، ވަކި ކުށްތަކެއްގައި ދިގު މުއްދަތުގެ ޖަލުގެ އަދަބު ލިބޭ މީހުން ކީރިތި ޤުރުއާން ހިތުދަސްކުރުމުން އަދަބު ލުއިކުރަމުން ޖަލުން ސަލާމަތް ވެވޭގޮތަށް އޮތުން ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ އާ ކަމެއް ނޫން ކަމަށާއި، މިކަމަކީ އިސްލާމީ ބައެއް ޤައުމު ތަކުގައި މިހާރުވެސް ކާމިޔާބު ކަމާއި އެކު ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
އެގޮތުން ދުބާއީ އާއި އެހެނިހެން ވަރަށްގިނަ އިސްލާމީ ޤައުމު ތަކުގައި ވެސް މި އުޞޫލަށް ޢަމަލު ކުރަމުން ގެންދާތީ މިކަމަކީ ކުރަން ެަނގަޅު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
ވަކި ކަހަލ ކުށްތަކެއްގައި ދިގު މުއްދަތަކަށް ޖަލަށްލުމުން ކީރިތި ޤުރުއާނުން ބައެއް ދަސްކުރުމުން ޖަލުގެ އަދަބުން ބައެއް ލުއިކޮށް ދިނުމަކީ އިސްލާމީ ބައެއް ޤައުމު ތަކުގައި ކުރަމުން ގެންދާ ކަމަކަށް ވާއިރު، މިކަން ރާއްޖޭގައި ތަޢާރަފު ކުރުމަށް ޤާނޫނަށް މިބައި އިތުރުކޮށްފާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...