ރާއްޖޭގެ ޚަބަރު ރަޝިޔާގެ ޕްރޮސެކިޔުޓަރ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ރަޝިޔާގެ ޕްރޮސެކިޔުޓަރ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ރަޝިޔާގެ ޕްރޮސެކިޔުޓަރ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަސްމީ ދަތުރުފުޅެއްގައި ރަޝިއާގެ ޕްރޮސެކިއުޓާ ޖެނެރަލް ރާއްޖެ ވަޑައިގެންފި އެވެ.

ރަޝިޔާގެ ޕްރޮސެކިޔުޓަރ ޖެނެރަލް ޔުރީ ޗައިކާ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެެނެރަލް މަހުމޫދު ސަލީމާއި ޕީޖީ އޮފީހުގެ އިސް ވެރިންނެވެ.

ޔޫރީ ރާއްޖެ އަށް މި ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ޓްރޭޑާސް ހޮޓެލްގައި ރާއްޖޭގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިނާއި ބައްދަލު ކުރެއްވުމަށްފަހު ރާއްޖެއާއި ރަޝިއާއާއި ދެމެދު ރަޝިއާ އިން ރާއްޖެއަށް ޕްރޮސިކިއުޝަންގެ ރޮނގުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުުރުމަށް އެމްއޯޔޫ އެއްގައި ސޮައިކުރައްވާނެ މަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ރަޝިޔާގެ ޕީޖީ މިއަދު ރައީސް އަބްދުﷲ ޔާމީނާއި ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލްއާއި ވެސް ބައްދަލު ކުރައްވާނެ އެވެ.

ޔޫރީ ރާއްޖެއިން ފުރާ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

ޔޫރީ ރާއްޖެ މިވަޑައިގަތީ ހެކަރެއް ކަމަށް ބުނެ ރަޝިޔާ ސަރުކާރުގެ ނުފޫޒުގަދަ ވެރިއެއްގެ ދަރިއަކު ރާއްޖޭގައި ހުއްޓައި ހައްޔަރުކޮށް އެމެރިކާއާ ހަވާލުކުރުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވަނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.