ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ރައީސް ސަރީރާ އަލީ ޝަރީފް، ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
އެ ދެ ބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރުވާން އެންގީ އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސޮއި ކުރައްވައި އެ ދެ ބޭފުޅުންނަށް މިއަދު ފޮނުއްވެވި ސިޓީއެއްގަ އެވެ.
ސިޓީގައި ބުނެފައިވާ ގޮތުން އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުވާން އެންގީ ފެބްރުއަރީ 8، 2012 ގައި ހިންގި އަލިފާންގެ ހާދިސާތަކާގުޅޭ މައްސަލާގައި ބަންދުގައި ބައިތިއްބައިގެން ބަޔަކު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރު ތަންފީޒުކޮށްފައި ނުވާތީ އެވެ. އަދި ސީޕީ އާއި ޕީއައިސީ ކޯޓަށް ހާޒިރުވާން ޖެހޭ ކަމަށް އެސިޓީގައި ބުނެފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ 19:30 އަށް ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
ސީޕީ ހުސެން ވަހީދަށް ކޯޓަށް ހާޒިރުވުމަށް މިއަދު އަންގާފައިވާއިރު، އެބޭފުޅާނީ ވަނީ އިންޓަރޕޯލްގެ 83 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވަޑައިގަތުމަށް މޮނާކޯއަށް ފުރާވަޑައިގެންފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...