ރާއްޖޭގެ ޚަބަރު ނަޞްރުގެ ދުވަހު ސިފައިން އެއް ޖަމާޢަތެއްގައި ފަތިސްނަމާދު ކޮށް ދުޢާ ކޮށްފި

ނަޞްރުގެ ދުވަހު ސިފައިން އެއް ޖަމާޢަތެއްގައި ފަތިސްނަމާދު ކޮށް ދުޢާ ކޮށްފި

ނަޞްރުގެ ދުވަހު ސިފައިން އެއް ޖަމާޢަތެއްގައި ފަތިސްނަމާދު ކޮށް ދުޢާ ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަޞްރުގެ ދުވަހުގެ ހަނދާން އައު ކުރުމަށް ސިފައިން އެއް ޖަމާޢަތެއްގައި ފަތިސްނަމާދު ކޮށް ދުޢާ ކޮށްފި އެވެ.

މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރެވުނު ފަތިސް ނަމާދަށް ފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައި ވާއިރު، ފަތިސް ނަމާދުގެ ބަންގި ގޮވައި، އިމާމުވެ ނަމާދު ކުރައްވައި ޢާ ވިދާޅުވެ ދެއްވީ ސަރޖަންޓް ފަސްޓް ކުލާސް މުޙައްމަދު އަސްލަމެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރި ޖަމާޢަތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަޙުމަދު މުޙައްމަދާއި ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުންވަނީ ބައިވެރިވެފައެވެ.

މާލޭގެ އިތުރުން ރާއްޖޭގައި ސިފައިން ޙަރަކާތްތެރިވާ ހުރިހާ ދާއިރާ ތަކެއްގައިވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދު ކޮށް ދުޢާ ކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.