ރާއްޖޭގެ ޚަބަރު އޮޑިޓް ރިޕޯޓުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އަދީބު ގޮވާލައްވައިފި

އޮޑިޓް ރިޕޯޓުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އަދީބު ގޮވާލައްވައިފި

އޮޑިޓް ރިޕޯޓުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އަދީބު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޮޑިޓަރ ޖެނެރަލް އިއްޔެ ނެރުއްވެވި ރިޕޯޓްގައި ކޮށްފައި ހުރި ތުހުމަތުތައް ފުލުހުންނާއި އޭސީސީ އިން ތަޙްޤީޤު ކުރުމަށް ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބް ގޮވާލައްވައިފި އެވެ.

ދިޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އޮޑިޓް ރިޕޯޓުގައިވާ ތުހުމަތު ތަކަކީ ދޮގެއް ކަން ސާބިތު ކޮށްދިނުމަށް އޭނާގެ މާލީ ބަޔާން މީޑިއާއާ ހިއްސާ ކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށާއި އަންނަ އާދީއްތަ ދުވަހު މާލީ ބަޔާން ހިއްސާ ކުރައްވާނެ ކަމަށެވެ.

ދައުލަތުގެ ފައިސާއެއް ނަހަމަ ގޮތުގައި ބޭނުން ކޮށްފައި ނުވާނެ ކަމަށާއި އަދި ދައުލަތަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމެއް މިހާތަނަށްވެސް ކޮށްފައި ނުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާގެ މަސްލަހަތު އޮންނަ ކަމަށް ތުހުމަތުކޮށްފައިވާ މޮންޓިލިއޯން އާއި މިލީނިއަމް ކެޕިޓަލް މެނޭޖްމެންޓް ކުންފުންޏާ މުއާމަލާތު ކުރަނީ ސީދާ އެމްއެމްޕީއާރުސީ އާއި އެމްޕީއެލް އެވެ. އަދި ދައުލަތުގެ އެކި ބޭނުމަށް މީގެ ކުރިން ވެސް އަދި މިހާރު ވެސް އަމިއްލަ ފަރާތްތަކަށް ޑޮލަރު ދޫކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.