ރާއްޖޭގެ ޚަބަރު އަވައްޓެރި ޤައުމު ތަކާއި އެކު ކުރިޔަށް ގެންދިޔަ އެކްސަސައިޒް ދޯސްތީ 12 ނިމިއްޖެ

އަވައްޓެރި ޤައުމު ތަކާއި އެކު ކުރިޔަށް ގެންދިޔަ އެކްސަސައިޒް ދޯސްތީ 12 ނިމިއްޖެ

އަވައްޓެރި ޤައުމު ތަކާއި އެކު ކުރިޔަށް ގެންދިޔަ އެކްސަސައިޒް ދޯސްތީ 12 ނިމިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑާއި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގި ޓްރައިލެޓެރަލް އެކްސަސައިޒް ދޯސްތީ 12 ނިމިއްޖެއެވެ.

މިދިޔަ ބުދަދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އެކްސަސައިޒް ނިންމުމުގެ ގޮތުން މިއަދު ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި އެކްސަސައިޒްގައި ކޮމާންޑް ލެވެލްގައި ހަރަކާތްތެރިވި ތިން ޤައުމުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އެކްސަސައިޒް ކުރިއަށް ގެންދިއުމުގައި ދިމާވި ގޮންޖެހުންތަކާއި ކުރިމަގުގައި ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން މި އެކްސަސައިޒް މީގެ ކުރިން ބޭއްވުނު އެކްސަސައިޒްތަކާއި އަޅާ ބަލާއިރު އެތައް ގުނައެއް ރަނގަޅުކަން އެފަރާތްތަކުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ދަރުބާރުގޭގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެކްސަސައިޒް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަމުން އަންނަ އެކްސަސައިޒެެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.