ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން އެކުލަވާލާފައިވާ މި ގަވާއިދަށް ޢަމަލު ކުރަން ފަށާފައި ވަނީ މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެންނެވެ.
މި ޤަވާޢިދުގައި ބުނާ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލަންޖެހޭނީ މައްސަލަތައް ހުށަހެޅޭ ތަރުތީބުންނެވެ. އަދި އެ މައްސަލައިގެ ބާވަތަށާއި ހާލަތަށް ބަލައި އެ މައްސަލައެއް އަވަސް ތަހުގީގެއް ހިންގަންޖެހޭ ފަދަ މައްސަލައެއް ކަމަށް ފެންނަ މައްސަލައެއް ނަމަ އަވަސް ތަޙުޤީޤެއް ކުރެވިދާނެ އެވެ.
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އުފައްދަން ޖެހޭ ކޮމެޓީ އެކުލަވާލުމަށް ފަހު އަންނަ މަހުގެ 13 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް އެ ޓްްރައިބިނަލުން ވަނީ އަންގައިފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...