ރާސްޓަސް މެދުވެރިކޮށް ބިލް ދަެއްކޭ ހިދުމަތެއް އުރީދޫއިން ތައާރަފްކޮށްފިއެވެ.
އުރީދޫއިން ބުނީ ރާސްޓަސް މެދުވެރިކޮށް ބިލް ދެއްކުމުގެ ހިދުމަތް މިހާރު ލިބެން ހުންނާނެ ކަމަށެވެ.
މޯބައިލް ނަންބަރާއި ބިލަށް ދައްކަވަން ޖެހޭ ފައިސާ ދެއްވުމުން ރާސްޓަސް ޚިދުމަތް ދޭ ފަރާތް މެދުވެރިކޮށް ވަގުތުން ބިލަށް ފައިސާ ދެއްކޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.
މީގެ އިތުރުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށްވެސް މިހާރުވެސް އުރީދޫގެ ބިލު ތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު އެކުންފުނީގެ ވެބްސައިޓުގައި ހަމަޖެހިފައި ހުންނާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...