އެމްޑީޕީން ކައުންސިލްތައް ހިންގަން އުޅެނީ ދުސްތޫރީ ނިޒާމުގެ ބޭރުން ކަމަށް އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ ބަންޑާރަ ނައިބުކަން ކުރެއްވި އަލްއުސްތާޒް ޙުސްނުއް ސުޢޫދު ވިދާޅުވެއްޖެ އެވެ.
ވީ ނިއުސްގައި ވާހަކަ ދައްކަވަމުން ސުޢޫދު ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް ތަކަކީ ވަކިވަކިން އިންތިހާބު ކުރެވިފައިވާ ތަންތަން ކަމަށާއި އެއީ ވަކި ޕާޓީއެއްގެ ތަނަކަށް ނުވާތީ އެމްޑީޕީން ވަކި ކައުންސިލެއް ވަކި ގޮތަކަށް ހިންގަން ބޭނުންވި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
އަދި މިހާރު ހަމަޖެހިފައިވާ ގާނޫނީ ހަމަތަކުގެ ތެރެއިން އެކަން ކުރެވޭނެ އެއްވެސް ގޮތެއްވެސް ނެތް ކަމަށާއި އަދި އެގޮތަށް ވާހަކަދައްކަވާ ފަރާތްތަކުން އެވާހަކަ އެ ދައްކަވަނީ މުޅި ދުސްތޫރީ ނިޒާމުގެ ވެސް ބޭރުން ކަމުގައިވެސް ވިދާޅުވި އެވެ.
އެގޮތުން ލޯކަލް ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި ހިންގަންވީ ގޮތާއި ކައުންސިލަރުން އަމަލުކުރަންވީ ގޮތް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު ކައުންސިލަރުން އަމަލުކުރަންވީ ގޮތުގެ ގަވައިދަކާ އުސޫލެއް ހަދާ އެގޮތަށް އަމަލުކުރަން އެއްވެސް ޕާޓީއަކަށް ނޭންގޭނެ ކަމަށް ވެސް ކުރީގެ ބަންޑާރަނައިބު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ރޭވިފައި އޮތީ ތިންބާރުގެ މައްޗަށް ކަމަށާއި ކައުންސިލް ތަކަކީ ސަރުކާރު ހިންގާ ފަރާތް ނުވަތަ އެގްޒެކްޓިވް ބާރަށް އެހީތެރިވެދީގެން އެ ބާރުން އަންގާ ގޮތަށް ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކުރިއަށްދާން ޖެހޭ ބައެއް ކަމަށެވެ. ދަ
އުލަތުގެ ތިން ބާރު ހަމަޖެހިފައިވާ ގޮތުން ސަރުކާރުން ގޯސްކޮށް ކަމެއް ކުރާނަމަ ސަރުކާރު ޒިންމާދާރުކުރާނީ ކައުންސިލް ތަކުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހާ ހަވާލުކުރެވިފައިވާ ގާނޫނީ ޒިންމާއެއް ކަމުގައިވެސް ސުޢޫދު ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...