ރާއްޖޭގެ ޚަބަރު އަވައްޓެރި އިންޑިޔާ އާއި ލަންކާ އާއި ގުޅިގެން ކަނޑުމަތީގެ ތަމްރީނު ތަކެއް ފަށައިފި

އަވައްޓެރި އިންޑިޔާ އާއި ލަންކާ އާއި ގުޅިގެން ކަނޑުމަތީގެ ތަމްރީނު ތަކެއް ފަށައިފި

އަވައްޓެރި އިންޑިޔާ އާއި ލަންކާ އާއި ގުޅިގެން ކަނޑުމަތީގެ ތަމްރީނު ތަކެއް ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑާއި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރައިލެޓެރަލް އެކްސަސައިޒް" ދޯސްތީ 12 ފަށައިފިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެކްސަސައިޒް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިއަދު މިފެށޭ އެކްސަސައިޒްގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދަކީ ކަނޑު ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިތަނެއްގެ ގޮތުގައި ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ އާއި ސްރީލަންކާގެ ކޯސްޓްގާޑް ޑިރެކްޓަރ ޖެނެރަލުން ރަސްމިއްޔާތުގައި ހާޒިރުވެ ތިއްބެވުން އެއީ އެބޭފުޅުން މިކަމަށްޓަކައި ދެއްވާ އަހުމިއްޔަތު ދައްކުވައިދޭ ކަމެއްކަމަށާއި އެބޭފުޅުންގެ ސަބަބުން މި އެކްސަސައިޒްގައި ބައިވެރިވާ ސެއިލަރުން ވަރަށް ޖޯޝާއި އެކު ކާމިޔާބު އެކްސަސައިޒަކަށް މި އެކްސަސައިޒް ހެދުއްމަށްޓަކައި މަސައްކަތްކުރާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ އެކްސަސައިޒެއްގެ ސަބަބުން ތިން ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާން ޖެހިއްޖެ ހާލަތެއްގައި ފަސޭހަކަމާއި އެކު ހަރަކާތްތެރިވުމަށް ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް ބާއްވާ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އާއި ސްރީލަންކާގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަޤްޞަދުގައި ބާއްވާ އެކްސަސައިޒެކެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.