އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލް ލީޓަރަކުން 1.25 ރުފިޔާ ހެޔޮކޮށްފިއެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލް ލީޓަރަކުން 1.25 ރ. ( އެއްރުފިޔާ ފަންސަވީސް ލާރި ) އަގު ހެޔޮ ކުރުމާއި އެކު ކުރިން 16.37 ރ. ( ސޯޅަ ރުފިޔާ ތިރީސް ހަތްލާރި ) އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު އެސްޓީއޯ އިން ވިއްކަނީ 15.12 ރ. ( ފަނަރަ ރުފިޔާ ބާރަ ލާރި ) އަށެވެ. އަދި ކުރިން 16.08 ރ ( ސޯޅަ ރުފިޔާ އަށްލާރިއަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 14.83 ރ. ( ސާދަ ރުފިޔާ އަށްޑިހަ ތިން ލާރި ) އަށެވެ.
އެސްޓީއޯ އިން ބުނީ ތެލުގެ އަގަށް ބަދަލުގެނައީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާ އެކު އެންމެ ފަހުން އެތެރެކުރި ޝިޕްމަންޓްގެ އަގުހެޔޮވެފައި ވާތީ ރައީސް ޔާމީނުގެ މަޝްވަރާގެ މަތިން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...