އޭޝިއާ މަރްޖާހގެ އަންހެނަކު އިސްތިޢުމާރީންނަށް ޙަމަލާދީފި

މަރްޖާހގެ އަންހެނަކު އިސްތިޢުމާރީންނަށް ޙަމަލާދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްމަދު ޚަލީލް

ހަނގުރާމަ ފެށުނުފަހުން މަރުޖާހގެ ޢައްމުން އިސްތިޢުމާރީ ލަޝްކަރުތަކަށް މުޖާހިދުންނާ ދެކޮޅަށް އެހީތެރިވަމުންދާކަމަށް ބުނެ ހުޅަނގުގެ މީޑިޔާއިން ޚަބަރު ފަތުރަމުން ދަނިކޮށް މިދިޔަ އަންގާރަދުވަހު މަރުޖާގެ ޢުމުރުންދުވަސްވީ އަންހެނަކު ޙަމަލާދީ އެމެރިކާ ސިފައިންގެ ތިންމީހަކު މަރާލައި އެކަކު ޒަޚަމްކޮށްލައިފި ކަމަށް މުޖާހިދުންގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

މިއަންހެންމީހާއަށް އޭނާގެ ގޭގެ ފާރުގައި ލެނގިގެންތިބި އެމެރިކާސިފައިންގެ މީހުންތަކެއް ފެނުމުން ކަލަޝްނިކޯވް ރައިފަލެއް ހިފައިގެން ނިކުމެ ކުއްލިއަކަށް އެމީހުންނާ ދިމާލަށް ޙަމަލާދީ ބަޑީގެވަޒަންތައް ހުސްކޮށްލީއެވެ. ފަހުން އެމެރިކާ ސިފައިންގެ މީހެއްގެ ބަޑިން ޙަމަލާދީ މި އަންހެންމީހާވަނީ ޝަހީދުކޮށްލާފައެވެ.

ހަނގުރާމަ ފެށުނުފަހުން މަރްޖާހގެ ޢާއްމުން މުޖާހިދުންނާދެކޮޅަށް އިސްތިޢުމާރީ ސިފައިންނަށް އެއްބާރުލުންދޭކަމަށް ހުޅަނގުގެ މީޑިއާއިން ދަނީ މެދުނުކެނޑި ދޮގު ޚަބަރު ފަތުރަމުންނެވެ. މިގޮތަށް ފަތުރާ ދޮގު ޚަބަރުތައް ކޮންމެވެސް ގޮތަކުން ފަޅާއަރާ އެވެރިންދަނީ އަބަދުވެސް ބޭޒާރުވެ ފަޟީޙަތްވަމުންނެވެ.

ޓެގް

އަފްޣާނިސްތާން އޭޝިއާ ޕާކިސްތާން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.