ތިޔަފަރާތުގެ ޖީމެއިލް އެހެންފަރާތަކުން ބޭނުންކުރޭތޯބެލިދާނެ ވަރަށް ފަސޭހަގޮތެއް ޖީމެއިލްގައިވެއެވެ. އަސްލު މިއީވަރަށް މުހިންމު ކަމެކެވެ، ފަހަރެއްގައި ތިޔަފަރާތުގެ ޕާސްވޯރޑް ކޮންމެސް ގޮތަކުން ހޯދައިން ކޮންމެސް މީހަކު ކޮންމެސްތާކު ބޭނުން ކުރުން ހަމަ އެކަށީގެންވެއެވެ. ބޭންކިންގެ ހިދުމަތާއި، ވިޔަފާރިގެ މުޢާމަލާތް، އަމިއްލަ ދިރިއުޅުމުގެ ކަންތައްތަށް މިފަދަ ޖީމެއިލް އަކަށް ބަރޯސާވެފައޮންނައިރު ހީވެސް ނުކުރާކަހަލަ ލަނޑެއްލިބިދާނެއެވެ. ވަރަށް ގިނަ ފަރާތްތަކަށް މިފަދަ ލަނޑު ލިބިފައިވިސް އެބަހުއްޓެވެ. އެހެން ވީމަ މިކަމަށް ވަރަށް ސަމާލްވާން ވާނެއެވެ.
އެހެންވިމާ ހަދަންވީ ގޮތަކީ، ޖީމެއިލް އަށް ލޮގިން ވެފަ ސަފްޙާގެ އެންމެ ތިރިއަށް
Last account activity: 05 minutes ago on this computer. Detailsތިރިން މެދުގަ އިންލައިން
ތަފްސީލް (ޑީޓެއިލްސް) މިތަނަށް ފިތާލާށެވެ. އެއިރަށް އާސަފްޙާއެއް ހުޅުވޭނެއެވެ.
އެސަފްޙާގައި އެންމެ ފަހުން ލޮގްއިންވެފައިވާ ހުރިހާ މައުލޫމާތު ހިމެނޭނެއެވެ. އެކައުންޓް ބޭނުން ކުރިފަރާތާއި، ބޭނުންކޮށްފައިވަނީ ފޯނަކުންތޯ، ނޫނީ ކޮންޕިއުޓަރ މެދިވެރިކޮށްގެންތޯ، އަދި ބޭނުންކުރި ގައުމާއި ބޭނުން ކުރި އައިޕީ އެޑްރެހާއި ވަގުތާއި ތާރީހް އެންގިގެންދާނެއެވެ.
އަދި ހަމަ އެހެންމެ އެހެން ފަރާތަކުން ލޮގްއިން ވެފައިވާނަމަ ވަގުތުން ލޮގްއައުޓް ކުރެވޭނެއެވެ. ހަދާން ނެތިގެން ރައްޓެއްސެއްގެ ނުވަތަ އޮފީސް ކޮންޕިއުޓަރުން ލޮގްއިންވެފައިވާނަމަ، ވަގުތުން ލޮގް އައުޓް ކޮށްލަންވީއެވެ.
އެހެން ފަރާތަކުން މިސްޔޫސްކުރާ ކަމަށް ފާހަގަ ކުރެވޭނަމަ ގޫގުލް އާއި ގުޅައިގެން ކުރިއަށް ގެންދާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...