ސެޕްޓެމްބަރ 4 އާ ގުޅޭ...
ޚިތާނުކުރުން
ޕިރާޑުގެ ދުވަސްވަރު ރާއްޖޭގައި ޚިތާނުކުރުން އޮންނަ ގޮތްކަމަށް ލިޔުއްވައިފައިވަނީ، " އެބައިމީހުންގެ އެންމެންވެސްވަނީ ޚިތާނަކޮށްފައެވެ. މިކަމަށް އެބައިމީހުން ކިޔަނީ "ސުންނަތް" މިހެންނެވެ. އެބައިމީހުންގެ ބަހުގައި ފިރެހެންކުދިންގެ ޢުމުރުން 7 އަހަރުވީމާ އެވީ ޚިތާނު ކުރާށެވެ. ކުއެްޖަކު ޚިތާނަކޮށްފިނަމަ ވަރަށްބޮޑު ޖާފަތެއް އޮންނާނެއެވެ. ގާތްގަޑަކަށް 10 ދުވަސްވާދެން އެގެޔަށް ވަންނަ މީހުންނަށް ކާންދޭނެއެވެ. މިކަން އޮންނަނީ އެމީހެއްގެ ނުވަތަ އެގެއެއްގެ ކެރިފޯރުންހުރި މިންވަރަކަށެވެ. ޚިތާނަ ކުރުމަށްފަހު އެގެއެއްގައި ވަރަށް ގިނަ ވައްތަރުގެ ކުޅިވަރުތައް ކުޅެއެވެ.
ޚިތާނަކުރުމުގެ ހައެއްކަ ގަޑިއިރުކުރިން އެކުއްޖާ މޫދަށްލާފައި އެވަގުތު އަންނާންދެން ބާއްވަނީއެވެ. ގެއެއްގައި ކުއްޖަކު ޚިތާނު ކުރާންވެއްޖެނަމަ އިހަށް މެދުގޯތިތެރެ ކުޑަ ޖިފުޓިއެއް ހަދާލާނީއެވެ. ޚިތާނު ކުރަންވީ ކުއްޖާ އެތަނަށް ގެންނައިރު ދެތިން މުދިމުން އެތާ ތިބޭނެއެވެ. އެބައިމީހުންގެ މަސައްކަތަކީ އެތާގައި ވަކިރާގެއްގައި ބާރަށް ކޮންމެވެސް އެއްޗެއް ކިޔަވައި ދުޢާ ކުރުމެވެ. މިއީ އެކުއްޖާ ތެޅިފޮޅި ހަޅޭއްލަވައި އުޅުނަ ނުދިނުމަށް ކުރާކަމެކެވެ.
ޚިތާނަކުރާ ކުއްޖާ ގަދަވާނީ ގާތްގަޑަކަށް 15 ދުވަހުންނެވެ. އެއަށްފަހު އެކުއްޖާ ފެނަވަރުވާން ގެންދާނީ މޫދަށެވެ. މިކަމުގެ ތެރޭވެސް ކިޔާންޖެހޭ ދުޢާތަކާ އަދި އާދަކާދަތަކެއް އޮވެއެވެ. މިގޮތަށް ފެނަވަރުވާ ނިމުމަށްފަހު ހިމަ އޮށިކޮޅެއްގައި ލާފައިވާ އެއްކޮޅަށް ހިމަ ހުދު ދިދައެއް އެކުއްޖާ އަތަށް ދޭނެއެވެ. ދެން އެދެމީހުން އެކީ މަޑުމޮޅިކަމާއި ވަޤާރަތްތެރިކަމާއިއެކު އެދިދަ ގެންގޮސް ކޮންމެވެސް މުޤައްދިސް ފަރާތަކަށް ނަދުރު ކުރަނީއެވެ.
އަންހެންކުދިން ޚިތާނު ކޮށްގެން ކުރާ އާދަކާދަތަކެއް ކާންދިނުމެއް ނޯވެއެވެ. މިކަންކުރާގޮތަކީ އަންހެންކުދިންނަށް ދެއަހަރުވީމާ އެކުދިންގެ ކުރިމަތިފަރާތުން ދެތިން ތިކިލޭ ނެރެނީއެވެ. (ނޯޓް: ޚިތާނަކުރުމުގެ މައުޟޫއަށް ޕިރާޑް ވަރަށް ދިގުކޮށް ލިއުއްވައިފައި ވެއެވެ. ނަމަވެސް ލިޔުން ދިގު ނުކުރުމަށްޓަކައި މިތާގެނެސްދީފައި މިވަނީ މުހިއްމު ނުގުތާތަކެވެ.)
ރަމަޟާންމަހުގެ ހުރުމަތްތެރިކަމާއި ރޯދަހިފުން
ރަމަޟާންމަހުގެ ހުރުމަތްތެރިކަމާއި ރޯދަހިފުމާއި ގުޅޭގޮތުން ޕިރާޑަށް ދިވެހިންގެ ފަރާތުން ފާހަގަ ކުރެވުނު ކަންތައްތައް ކަމުގައި ގެނެސްފައިވަނީ، "އެމަހުގެ ފުރަތަމަ ރެއާއި ދުވަސް އެހެން ހުރިހާ މަހަކަށްވުރެ އަޅުކަމާއި ރަސްމިއްޔާތުތައް މާބޮޑުވާނެއެވެ. މުލަރޯދަވިލޭރޭ އަންހެނުންނާއި ފިރެހެނުން ވަކީން އެކަމަކު ބައިބަޔަށް ތިމާގެ މިހުންނާއި ރަށްޓެހިންގޭގެއަށް ގޮސް އެންމެން އެކުގައި ކައި މަޖާ ކުރާނެއެވެ. ފަޖުރަށްލުމާއި ދާދިކައިރިވަންދެން މިކަން ދެމިއޮވެއެވެ. މިއަޅުކަން ފެށުމުގެ ކުރީގައި އެބައިމީހުންގެ އެންމެ އިސްކަމަކީ ހިނައި ޠާހިރު ވުމެވެ. އެއަށްފަހު ދާނީ އެރެޔަށް ޚާއްސަވެފައި އޮންނަ އަޅުކަމަށެވެ. (ވިތުރި) މިއަޅުކަން ކުރުމުން އޭގެ ކުރީގައި ވެފާ އޮތްހާ ފާފަތައް ފޮހެވި ސާފުވެދެއެވެ. ރޯދަ ހިފާން ނިޔަތްގަތުމަށްފަހު ރަނގަޅަށް ދަތްއުގުޅާ ކޯދެވެ ހަދައިގެން ތިބެނީ ކިތަންމެ ކުޑަނަމަވެސް ކާއެއްޗެއްގެ ރަހަ ނުދެކެއެވެ. ދެން އަނެއްރޭ އިރުއޮއްސެންދެން އެބައިމީހުން ތިބޭނީ އެއްޗެއް ނުކައި ރޯދައަށެވެ. ރޯދައަށް ހުންނައިރު މިބައިމީހުންގެ އަނގަވެސް ނުދޮންނާނެއެވެ.
އިރުއޮއްސުމުގެ ބައިގަޑިއިރު ކުރިން 15 އަހަރުންމަތީގެ ހުރިހާ ފިރެހެނުން މިސްކިތްދޮށަށް ހިގައިދާނެއެވެ. އެއަށްފަހު އެބައިމީހުންގެ ދަތްތަކާއި އަނގަ ރަގަޅަށް ދޮވެ ސާފުކުރާނެއެވެ. މިކަމަށްޓަކައި މުޅި ރޯދަމަސް ނިމޭންދެން ކޮންމެ ދުވަހަކު އެމިސްކިތުގެ މުދިމު ދަތްއުނގުޅާ އިލޮށީގެ ޕެކެޓްތައް ތައްޔާރުކޮށްފައި ބަހައްޓާނެއެވެ.
އިރުއޮއްސުމާއެކު މުދިމްމީހާ ވަރަށް ބާރަށް ބަންގިގޮވައެވެ. އެއަށްފަހު އޭނާ ކުރިއަށްގޮސް ނަމާދުކުރަން ފަށަނީއެވެ. ދެންތިބި އެންމެންވެސް ތިބޭނީ އޭނާގެ ފަހަތުގައެވެ. އަންހެނުން ނަމާދުކުރާނީ ގޭތެރޭގައެވެ. ނަމާދު ނިމުމަށްފަހު އެބައިމީހުން އަވަސްވެގަންނާނީ ރޯދަ ވީއްލުމުގައި ރަޙުމަތްތެރިން ބައިވެރިކޮށްގެން މަޖާކުރުމަށެވެ. މިކަމުގައި ދެފަރާތުން އެއްވަރަށް ދަޢުވަތުދީ އަދި ލިބިގަނެއެވެ.
ރަމަޟާންމަހުގެ ވަޢުޡު
މިދުވަސްވަރެކޭ އެއްގޮތަށް އަޅުގަނޑުމެންގެ ކާބަފައިންވެސް ރަމަޟާންމަހާއި ދިމާކޮށް ދީނީ ހޭލުންތެރިކުރުމުގެ ހާއްސަ ޕުރަގުރާމްތައް ހިންގައެވެ. މިގޮތުން އެދުވަސްވަރު މިކަން ހިންގާ ގޮތްކަމަށްބުނެ ޕިރާޑު ލިޔެފައި ވެއެވެ. " ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 3 ޖަހާއިރު ފަނޑިޔާރުމީހާ ވަޢުޡު ބުނާނެއެވެ. މިކަން ދެގަޑިއިރު ދެމިއޮވެއެވެ. ބައެއް ދުވަހަށް މިސްކިތުގައެވެ. އަނެއްބައި ދުވަހަށް ފަނޑިޔާރުމީހާ ހުންނަ ގޭގައެވެ. ވަޢުޡު ބުނަނީ ދިވެހި ބަހުންނެވެ. އެކަމުކު ބައެއްދުވަހަށް ޢަރަބިބަހުން ކިޔާ ތަރުޖަމާ ކޮށްދެއެވެ. މާލޭގެ އެންމެންވެސް މިއަޑުއަހާން ދިއުމީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރާކަމެކެވެ."
ނުނިމޭ
ކޮމެންޓް (0)
ލޯޑް ކުރަމުން...