ރާއްޖޭގެ ޚަބަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އިސްލާމިކް ބޭންކިން އެންޑް އިންޑަސްޓްރީ ކޮންފަރެންސް މިމަހު 17ގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އިސްލާމިކް ބޭންކިން އެންޑް އިންޑަސްޓްރީ ކޮންފަރެންސް މިމަހު 17ގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އިސްލާމިކް ބޭންކިން އެންޑް އިންޑަސްޓްރީ ކޮންފަރެންސް މިމަހު 17ގައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްރީލަންކާގެ ޔޫޓީއޯ އީޑީޔޫގެ ކޮންސަލްޓް އިން އިންތިޒާމްކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އިސްލާމިކް ބޭންކިން އެންޑް އިންޑަސްޓްރީ އާއި ބެހޭގޮތުން ބާއްވާ ކޮންފަރެންސް ސެޕްޓެމްބަރ 17 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ،

17 ސެޕްޓެމްބަރ 2014ގައި އިސްލަމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ބޭންކިން އެންޑް އިންޑަސްޓްރީ އާއި ބެހޭ ކޮންފަރެންސް އަކީ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރި ހިންގަވާ ފަރާތްތަކަށާއި، އިންޝޫރަންސް އާއި ތަކާފުލް ހިންގަވާ ފަރާތްތަކަށާއި، ކާބޯތަކެތީގެ ބާވަތްތައް އުފައްދަވާ ފަރާތްތަކަށާއި،  ބޭންކުތައް ހިންގަވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވޭ ކޮންފަރެންސްއެކެވެ.

މިކޮންފަރެންސްގެ ކުރިން 16 ސެޕްޓެމްބަރ 2014 ވަނަ ދުވަހު ވޯކްޝޮޕެއްވެސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.  މިވޯކްޝޮޕްގައި ދެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިސެޝަންތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މުސްލިމް ފަތުރުވެރިކަމުގެ މާރކެޓްގައި ޙިއްސާ އިތުރު ކުރެވޭނެ ގޮތްތަކާއި އިސްލާމިކް ބޭންކިން އާއި ފައިނޭންސްގެ ތަޢާރަފްއާއި ބެހޭ ގޮތުންނެވެ.

17 ސެޕްޓެމްބަރ 2014 ގައި ބޭއްވޭ ކޮންފަރެންސް ގައި ކުރިއަށް ގެންދެވޭ ޝެޝަންތަކުގެ ތެރޭގައި ދިނުމަށް ހަމަޖެހިފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އިސްލާމިކް އިޤްތިޞާދާއި ކެޕިޓަލް މާކެޓް ތަރައްޤީ ކުރުމާއި ދިވެހިރާއްޖޭގައި ތަކާފުލްގެ ތަޖުރިބާ އާއި އިސްލާމިކް ފައިނޭންސްގައި މިހާރުގެ ބައިނަލް އަޤްވާމީ ޙާލަތާއި، ޙަލާލް ޓޫރިޒަމުން ބައިނަލް އަޤްވާމީގޮތުން ކުރިއެރުމުން ލިބިދޭ ފައިދާތައް ފަދަ މައުޟޫތައް ހިމެނެއެވެ.

ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ސްރީލަންކާގެ އޭޑީއެލް ކެޕިޓަލް (އެލްޓީޑީ)ގެ ސީއީއޯ އަދި އެމްޑީ އިޝަރަތު ރައޫފް އަދި އެތަނުގެ އެސޯސިއޭޓް ޑައިރެކްޓަރ އާޒާދު ޒަހީދުއާއި،ސައުތު އެފްރިކާގެ ސީއައި އެފް އެސްއޭގެ ޑައިރެކްޓަރ މައުލާނާ ބިލާލް ޖަޚޫރާ، ކްރެސެންޓްރެއިނިންގ އެންޑް ޙަލާލް ޓްރިޕްގެ ފައުންޑަރ އަދި ސީއީއޯ ފަޒާލް ބަހާރައްދީން، ޔޫއޭއީގެ އަބޫދާބީ އިސްލާމިކް ބޭންކްގެ ވައިސް ޕްރެޒިޑެންޓް ޝިރާޒް ސިއްދީޤް ހިމެނި ވަޑައިގަންނަވައެވެ.

މިކޮންފަރަންސް އާއި ވޯކްޝޮޕްގެ ސެޝަންތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދައްކަންޖެހޭ ފީގެ ގޮތުގައި ހަމަޖެހިފައިވަނީ، ކޮންފަރެންސްގެ ކުރިން 16 ސެޕްޓެމްބަރ 2014 ގައި ބާއްވާ ވަރކްޝޮޕްގެ ފުރަތަމަ ސެޝަންގައި ބައިވެރިވުމަށް 90 ޔޫއެސް. ޑޮލަރ އަދި ދެވަނަ ސެޝަންގައި ބައިވެރިވުމަށް 150 ޔޫއެސް. ޑޮލަރ ، 17 ސެޕްޓެމްބަރ 2014 ގައި ބޭއްވޭ ކޮންފަރެންސްގައި ބައިވެރިވުމަށް 190 ޔޫއެސް. ޑޮލަރ އެވެ.

ރަޖިސްޓްރީ ކުރުން އޮންނާނީ ސެޕްޓެމްބަރ 14، 15، 16 މިތިން ދުވަހު އިސްލާމިކް އެފެއާޒްގައި ރަސްމީގަޑީގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިސްލާމިކް އެފެއާޒުން އަލްއުސްތާޛާ މަރްޔަމް ޝަބާނާ 7988817 އާއި އަދްލު ކެޕިޓަލްގެ ސީނިއަރ މެނޭޖަރ ޔަޙްޔާ އިލްހާމް ނިޒާމުއްދީން 7864814 އަށް ގުޅުއްވުން އެދެމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.