ރާއްޖޭގެ ޚަބަރު

ހުޅުމާލޭ ޕްރީސްކޫލު ދަރިވަރުންނަށް ކަނޑުމަތީގެ ސަލާމަތާބެހޭ މަޢުލޫމާތު ދީފި

ކުޅުދުއްފުށި ޕްރީ ސްކޫލު ކުދިންނަށް މަޢުލޫމާތު ދިނުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން

ހުޅުމާލޭ ޕްރީސްކޫލުގެ ދަރިވަރުންނަށް، ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރި ކަމާ ބެހޭ މަޢުލޫމާތު ދީފިއެވެ.

މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި މަޢުލޫމާތު ދިނުމުގެ މި ޕްރޮގްރާމަކީ ހުޅުމާލެ ޕްރީ ސްކޫލުގެ އެދުމުގެ މަތިން އެސްކޫލާ ހުޅުމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ލައިފް ޖެކެޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތުގެ އިތުރުން ނުރައްކާތެރި ހާލަތެއްގައި އަމަލު ކުރާނެ ގޮތާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޢޫލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި އެސްކޫލުގެ 73 ދަރިވަރުން ބައިވެރިވިއެވެ. މީގެތެރޭގައި ހިމެނެނީ ފިރިހެން 37 ދަރިވަރުންނާއި އަންހެން 36 ދަރިވަރުންނެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސްވިމިންގ އިންސްޓްރަކްޓަރެއް ކަމަށްވާ ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ސައީދުއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *