ރާއްޖޭގެ ޚަބަރު

ޗައިނާ އާއި ގާތްވިޔަސް އިންޑިޔާ އާއި ދުރެއް ނުވާނެ: ރައީސް

ރައީސް ޔާމީން ޗައިނާގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވަނީ

އިޤްތިސޯދީ ރޮނގުން ދިވެހި ރާއްޖެއިން ޗައިނާ އާއި ގާތްވިޔަސް އިންޑިޔާ އާއި އެކު އޮތް ގާތް ރަޙުމަތްތެރި ކަމުގެ ގުޅުން ދުރު ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނުސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮތީ ހަމައެކަނި ޗައިނާ އަށް ނޫން ކަމަށާއި، އެ ފުރުޞަތު އިންޑިޔާ އަށްވެސް އޮތް ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުން އިޢުލާނުކުރާ ޕްރޮޖެކްޓް ތަކުގައި ބޮޑަށް ބައްލަވާނީ ދިވެހި ސަރުކާރަށް އޭގެ މާލީ އިލްތިޒާމް ވީހާވެސް ކުޑަވާ ގޮތަކަށް އަންނަ ހުށަހެޅުމަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާއާ އިގްތިސޯދީ ގޮތުން ބަދަހިވާ ގުޅުމަކީ އަވައްޓެރި އިންޑިއާއާ ދޭތެރޭގައި އޮންނަ އެކުވެރި ގާތް ގުޅުމަށް އެއްވެސް ކަހަލަ ބުރުލެއް އަރާނެ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ޗައިނާއާއެކު ބަދަހި ވަމުން އަންނަ އިގްތިސޯދީ ގުޅުމުގެ ސަބަބުން، އެހެން ގައުމަކާއިއެކު އޮތް ގުޅުމަށް ވެސް އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި އެފަދަ ކަންބޮޑުވުމެއް އިންޑިއާގެ އިތުރުން އެހެން ގައުމަކުން ވެސް ފާޅުކޮށްފައި ނުވާ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *